މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުއްވުމަށާއި، ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މިއަދުން ފެށިގެން 25 އޮކްޓޯބަރު 2023 ގެ ނިޔަލަށް މި މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް މިކަމަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

ޖޫރިމަނާ މަޢާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 (ވިހި) ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި ވެސް ދަންނަވަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން މަޢާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާ އެވެ. މަޢާފުކުރެވޭ ޖޫރިމަނާގެ ބާވަތްތަކާ ގުޅޭ އިތުރު ތަފުސީލު މި އިޢުލާނާއެކު ވަކިން ހިމަނާފައިވާނެއެވެ.

ވުމާއެކު، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2023
ހޯދާ