ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން (ކުއްލިއްޔާ އޮފް އަރަބިކް ލޭންގްއެޖް)

މި އިޢުލާންވަނީ 07 ޑިސެންބަރު 2023 12:40 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު                                                                 

މަޤާމު / ރޭންކް:

ޑީން (ކުއްލިއްޔާ އޮފް އަރަބިކް ލޭންގްއެޖް)،

ޕަބްލިކް ސަރވިސް ރޭންކް 10

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަން ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތްތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް:

އަރަބިކް ލޭންގުވިޖް/ލިޓްރޭޗަރ، އިސްލާމީ އިލްމުގެ ދާއިރާތައް، އަރަބިކް ލޭންގުވިޖް/ލިޓްރޭޗަރ ދާއިރާއިން ޓީޗިންގ/އެޑިޔުކޭޝަން، އިސްލާމީ ޢިލްމުގެ ދާއިރާތަކުން ޓީޗިންގ/އެޑިޔުކޭޝަން، އަދި އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މަތީ ތަޢުލީމުދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއެއްގައި މެނޭޖީރިއަލް ނުވަތަ ފަންނީ މަސައްކަތްތައް

 

ނޯޓު:

  • މަޤާމުގައި ހުންނަ މީހަކު، ވަޒީފާގެ ބޭރުން މަސައްކަތެއް ކުރެވޭނީ ޔުނިވަރސިޓީގެ ޑީނުން އައްޔަންކުރުމާ އުސޫލު އަދި ޔުނިވަރސިޓީގައި އަމަލުކުރަމުންދާ ގަވާއިދުތަކާ މިންގަނޑުތަކުގެ މަތިން އެކަންޏެވެ.

 

މުސާރަ

އަސާސީ މުސާރަ: 21,123  ރުފިޔާ

ޖޮބް އެލަވަންސް:

12,097 ރުފިޔާ

އެޓެންޑެންސް އެލަވަންސް:

 327 ރުފިޔާ

(ހާޒިރުވާ ކޮންމެ ދުވަހަކަށް)

ޔުނިވަރސިޓީ އެންރޯލްމަންޓް އެލަވަންސް

  • ދަރިވަރުންގެ ޢަދަދު 1200 ނުވަތަ އެއްށްވުރެ ގިނަނަމަ މަހަކު 6,000 ރ ގެ އެލަވަންސް ލިބޭނެއެވެ.
  • ދަރިވަރުންގެ ޢަދަދު 800 އާ 1199 އާ ދެމެދުނަމަ މަހަކު 5,000 ރ ގެ އެލަވަންސް ލިބޭނެއެވެ.
  • ދަރިވަރުންގެ ޢަދަދު 400 އާއި 799 އާ ދެމެދުނަމަ މަހަކު 4,000 ރ ގެ އެލަވަންސް ލިބޭނެއެވެ.
  • ދަރިވަރުންގެ ޢަދަދު 1 އާއި 399 އާ ދެމެދުނަމަ މަހަކު 3,000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
  • ދަރިވަރަކު ނެތްކަމުގައިވާނަމަ މި އެލަވަންސް ނުދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

ޑިންގެ މަޤާމުގެ މަސްއޫލިއްޔަތު ބެހިގެންވަނީ މައިގަނޑު 4 (ހަތަރު) ބައެއްގެ މައްޗަށެވެ. އެއީ ލީޑަރޝިޕާއި އިދާރީ ހިންގުން، މުޢާމަލާތާއި ގުޅުންތައް، ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން އަދި ތައުލީމީ ޙަރަކާތްތަކުގެ މައްޗަށެވެ. ޑީންގެ މަޤާމުގެ މަސްއޫލިއްޔަތު ބެހިގެންވަނީ މައިގަނޑު 4 (ހަތަރު) ބައިގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ލީޑަރޝިޕާއި އިދާރީ ހިންގުން

  • ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު، ފެކަލްޓީ/ ސެންޓަރުގެ މަޤްޞަދު ޙާޞިލު ކުރެވޭނޭހެން ސްޓްރެޓެޖިކް ޕްލޭނާއި ބިޒްނަސް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވައިލާ، ނުވަތަ ކުރިން އެކުލަވާލައިފަ ހުރި އެފަދަ ޕްލޭންތައް މުރާޖަޢާކޮށް އެއާ އެއްގޮތްވާ ގެތޮގެމަތިން ތަން ހިންގުން.
  • އެކްސަލަންސާއި އެފިޝަންސީ (ފުރިހަމަކުމާއި ނަތީޖާ ނެރެވޭ) މެނޭޖްމަންޓް ނިޒާމެއް މަރުކަޒުގައި ޤާއިމުކުރުން.
  • ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިފެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން.
  • މަސްއޫލިއްޔަތު އުފުލުމާއި ޤަވާޢިދުތަކާއި ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކަލްޗަރެއް ތަނުގައި އަށަގެންނެވުން.
  • ފެކަލްޓީ/ ސެންޓަރުގެ ދުވަހީ ޙަރަކާތްތައް ހިންގުމަށް ފަސޭހަ އަދި ފުރިހަމަ އިދާރީ އޮނިގަނޑެއް ހަމަޖެއްސުން.
  • އެކި ކަންކަމާގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރާއި މަރުކަޒީ އިދާރާއިން އެދޭ ރިޕޯޓްތައް ވަގުތަށް ތައްޔާރުކޮށް ފޮނުވުން.
  • ކުއްލިއްޔާ/ސެންޓަރުގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް ހިންގުމުގައި ވާނުވާ ބެލުން.
  • ޔުނިވަރސިޓީގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި އިދާރާގެ މުއައްޒަފުންނަށް އިރުޝާދު ދިނުން.
  • ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފެކަލްޓީ/ސެންޓަރުގެ އެންމެހާ ކަންކަން އޮބްޖެކްޓިވް ގޮތެއްގައި ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް އަވަހަށް ގެނައުން.

މުޢާމަލާތާއި ގުޅުންތައް

  • ކުއްލިއްޔާ/ސެންޓަރުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ގާތް ގުޅުމެއް ޤާއިމުކުރުން.
  • ކޯސްތަކަށް ދަރިވަރުން ހޯދުމުގައި އިސްވެ ޙަރަކާތްތެރިވުމާއި ތަނުގައި ކިޔަވާދޭ ދަރިވަރުން ކޯސްތަކުގައި ކުރިޔަށް ދިއުމަށް އެހީތެރިވުމާއި އެ މީހުންނަށް ޖެހޭ މައްސަލަ ތަކުގައި އަޅާލުން.
  • ދަރިވަރުންނަށް ޕްލޭސްމަންޓް ހޯދުމަށާއި މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ފުރުޞަތުތައް ހޯދުމަށާއި ތަނުގެ ޤަދަރާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރާއި ޤައުމުގެ މުހިންމު މުއައްސަސާތަކާ ގުޅުންތައް ޤާއިމުކުރުން.
  • ކުއްލިއްޔާ/ސެންޓަރުގެ އެޑްވައިޒަރީ ބޯޑާއި ކުއްލިއްޔާ/ ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ގާތް ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުން.
  • ކުއްލިއްޔާ/ ސެންޓަރަށް މޮޅު ދަރިވަރުން ހޯދުމާއި ޕަބްލިކް ރިލޭޝަންސް ކަންތައް އޯވަރސީކޮށް ބެލެހެއްޓުން.
  • ކޯސްތައް އިޝްތިހާރުކުރުމާއި މާރކެޓްކުރުން.
  • ބޭރުގެ އެޖެންސީތަކާއި އޮފީސްތަކާއި ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކަށް ކުއްލިއްޔާ/ ސެންޓަރ ތަމްސީލުކުރުން.
  • ބޭރުގެ ޔުނިވަރސިޓީ ތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ ވައިސް ޗާންސެލަރަށް ހުށަހަޅައިގެން ތަނަށް ފައިދާހުރި ގުޅުންތައް ކުރިޔަށް ގެންދިއުން.
  • ބިދޭސީ ދަރިވަރުންނަށް ކުއްލިއްޔާ/ ސެންޓަރު ތަޢާރުފުކޮށް، ޔުނިވަރސިޓީގެ އެކަމަށް އޮތް ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ބިދޭސީ ދަރިވަރުންނަށް ފުރުޞަތު ދިނުން.
  • ޔުނިވަރސިޓީ އާއި ޔުނިވަރސިޓީން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ގްރޫޕް ތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން

  • ތަނަށް މުވައްޒަފުން ލެއްވުމަށާއި، ރަނގަޅު ފަރާތްތައް މަޤާމުގައި ބޭތިއްބުމަށާއި، ފެންވަރު ބެލުމަށާއި، ކުރިއެރުވުމަށާއި، ތަނުގެ މިޝަންއަށް އެއްބާރުލުން ނުދޭ މީހުން ވަކި ކުރުމަށާއި އުޖޫރަތަކާއި އެލަވަންސްތައް ކަނޑައެޅުމަށް ބޭނުންވާ ރެކަމެންޑޭޝަންތައް ތައްޔާރުކުރުމަށް އިސްވެ މަސައްކަތްކުރުން.
  • ތަނުގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދައި ތަނަވަސްކޮށްދީ އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން.
  • ތަނުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ޢިމާރާތާއި މެޝިނަރީފަދަ ވަޞީލަތްތައް މަރާމާތުކޮށް ބަލަހައްޓައި އެ ތަންތަނާއި ތަކެތީގެ ފުރިހަމަ ބޭނުންކުރުން، އަދި އައު ޖާގަތައް ޕްލޭންކޮށް ހޯދައި ހަމަޖައްސެމުގައި އެހީތެރިވުން.
  • ތަނުގެ ބަޖެޓް އެކުލަވައިލުމުގައްޔާއި ބަޖެޓަށް ވާނުވާ ބެލުމުގައްޔާއި ތަނަށް ބޭނުންވާ ވަޞީލަލްތައް ހޯދުމަށް ބަޖެޓުން ޚަރަދުކުރުމަށް އެހީތެރިވުން.
  • ތަނުގެ ސްޓްރެޓެޖިކް މަޤްޞަދު ޙާޞިލްވާގޮތަށް އައި.ޓީ. ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.
  • އެކި ގޮތްގޮތުން ކުއްލިއްޔާއަށާއި ސެންޓަރަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނެ މަގުތައް ފަހިކުރުން.

ތައުލީމީ ޙަރަކާތްތައް

  • އައު އެކެޑެމިކް ޕްރޮގްރާމްތަކާއި އައު ޙަރަކާތްތައް ފެށުމަށާއި އައުކުރުމަށާއި އުވާލުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން.
  • ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކެޑެމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމުކުރުން.
  • ކޯސްތަކުގައި ކިޔަވައިދިނުމާއި އެކެޑެމިކް ޙަރަކާތްތަކުގައި ބައިވެރިވުން.
  • ކުއްލިއްޔާގެ ތަޢުލީމީ އަދި ދަރިވަރުންނަށްދޭ އެކެޑެމިކް އެހީއާބެހޭ ޕްރޮގްރާމް ތަރައްޤީކޮށް، ހިންގައި ޕްރޮމޯޓްކުރުން.
  • މާއްދާތައް ކިޔަވާދޭނޭ މުދައްރިސުންނާއި އެކިއެކު ޙަރަކާތައް ހިންގުމަށް މީހުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިތްމިޙާނުތައް ހިންގުން.
  • ދަރިވަރުންނާއި މުއައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓިފައި ހުންނަނީ ހަމައަށްކަމާއި ތެދުކޮށްކަން ކަށަވަރުކުރުން.
  • ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށައަޅައި، ފާސްކޮށް ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ދާއިރާއާ ގުޅޭ ދިރާސާތައްކޮށް ދިރާސާތައް ޢާންމުކުރުން.
  • ޔުނިވަރސިޓީ އެހެން ކުއްލިއްޔާ/ ސެންޓަރުތަކާއެކު ގުޅުން ބަދަހިކޮށް އެހެން މަރުކަޒުތަކާ ގުޅިގެން ކޯސްތައް ހިންގުން.

މަޤާމާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުން ޢައްޔަނުކުރުމާގުޅޭ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މިމަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/downloads?search=deans    ލިބިވަޑައިގަންނަވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)

ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

-     ފަރިތަކަމާއެކު އަރަބި އަދި އިނގިރޭސި ބަހުން މުޙާތަބުކުރެވޭ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ / ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

2023 އޮކްޓޫބަރު 3 ވާ އަންގާރަ ދުވަހުގެ 23:59 އަށް

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.

ނޯޓު

ބިދޭސީ މުވައްޒަފެއް މި މަގާމަށް ހަމަޖެއްސޭނީ ކޮންޓްރެކްޓް އުސޫލުން، ނޭޝަނަލް ޕޭ ފްރޭމްވަރކްގެ ޔުނިވަރސިޓީ އެކެޑަމިކް ޕްރޮފެޝަނަލުންގެ އޮނިގަނޑަށް އަމަލުކުރުމުގެ ކުރިން ބޭނުންކުރަމުން އައި ޔުނިވަރސިޓީގެ އޮނިގަނޑުގެ ސްޕައިންއަކަށެވެ.

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފަކު އާއްމުގޮތެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. އެހެން ނަމަވެސް، ޔުނިވަރސިޓީއިން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތު ގަޑިއަށް ބަދަލުގެނެވިދާނެއެވެ.

މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2023 އޮކްޓޫބަރު 5 ން 2023 އޮކްޓޫބަރު 31 ވަނަ ދުވަހާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ. އީމެއިލް އަކީ [email protected] އެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

                              21 ސެޕްޓެންބަރު 2023

 

 

21 ސެޕްޓެންބަރު 2023
ހޯދާ