ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ބަނުމަށް ވަގުތީގޮތުން ކުލީބިން ދޫކުރުން

 

 އޮޑިދޯނިފަހަރު ބަނުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ވަގުތީގޮތުން ބިމެއް ދޫކުރެވިދާނެކަމަށް ބެލެވޭ ގއ.ވިލިނގިލީ ގުލްޒާރުގޭ އަޙްމަދު ދީދީއަށް ދޫކުރެވިފައިވާ އޮޑިހަރުގެބިމުގެ ދެކުނުން 6300 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު:

1 – ބިމުގެ ބޮޑުމިން: 6300 އަކަފުޓަށްވުރެ ކުޑަނޫން 1 ބިން

2 – ބިމުގެކުލި: މަހަކު އަކަފޫޓަކަށް 1.00 (އެކެއް) ރުފިޔާއަށްވުރެ ކުޑަނޫން އަދަދަކަށް.

3 – ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން 05 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ އަގާއި މުއްދަތު އަދި ބިމުގައި ކުރާ މަސައްކަތާއިގުޅޭ ޕްރޮޕޯސަލް ބަލައިގަތުން ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިއޮންނާނެއެވެ. 13.00 ގެފަހުން ގެންނަން ޕްރޮޕޯސަލްތަކާއި އަގު ބަލައި ނުގަނެވޭނެއެވެ.

4 – ބިން ލިބޭފަރާތް ކަނޑައަޅާނީ ބިމަށްއެދި އެންމެ މަތީ އަގާއި ޕްރޮޕޯސަލްގައިވާ މަޢުލޫމާތާއި، ލިބޭ މާރކްސްގެ މައްޗަށް ބެލުމަށްފަހުގައެވެ.

5 – ބިމަށް އެދި ހުށަހެޅިއަގާއި، މާރކްސް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

6 – މި ބިމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 01 އޮކްޓޫބަރ 2023 ވާ އާދީއްތަ ދުވަހުގެކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ [email protected]   އީ-މެއިލް އެޑްރެހަށް ލިއުމުން ފޮނުއްވުން އެދެމެވެ.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

ހ – ބިމާއި ޙަވާލުވުމަށްފަހު އެ ބިމުގައިކުރާ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވާގޮތުގެ ޕްލޭން.

ށ – ބިމުކުލީގެގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާދެއްކުމަށް ނިންމާފައިވާގޮތް.

ނ – ބިމާއި ޙަވާލުވުމަށްފަހު ސީ އެސް އާރުގެ ދަށުން ކުރަމަށް ކަނޑައަޅާފައިވާ ކަންކަން.

މާރކްސް ދެވޭގޮތުގެ ތަފްސީލު:

ހުށަހަޅާ އަގަށް                         %50

ސީ އެސް އާރުގެ ދަށުންކޮށްދެއްވާ ކަންކަމަށް      %40

ހުށަހަޅާ ޕްރޮޕޯސަލަށް                    

21 ސެޕްޓެންބަރު 2023
ހޯދާ