ސިވިލް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސާރވިސް ކުރުމުގެ މަސައްކަތް

އިޢުލާން

 

 

  • މިކޯޓުގެ ހުޅުމާލޭ ޑިވިޜަންގެ 5 އެއަރކޮންޑިޝަން ސަރވީސް ކުރުމުގެ މަސައްކަތް:

މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ހުޅުމާލޭ ޑިވިޜަންގައި މިހާރު ހަރުކުރެވިފައިވާ ވޯލް މައުންޓު 05 (ފަހެއް) އެއަރކޮންޑިޝަން އިން ފިނި ނުވާތީ، އެ 5 އެއަރކޮންޑިޝަން ސަރވީސް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު 13:45 އަށް ސިވިލްކޯޓު ހުޅުމާލޭ ޑިވިޜަން އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 03 އޮކްޓޯބަރ 2023 ވަނަ ދުވަހު މެންދުރު 12:30 އަށް ސިވިލް ކޯޓުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ގެންނަ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެކެއް އަންދާސީހިސާބެވެ.

                  06 ރަބީޢުލްއައްވަލް 1444

                  21 ސެޕްޓެމްބަރ  2023

21 ސެޕްޓެންބަރު 2023
ހޯދާ