ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓަރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓަރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

ލާމު އަތޮޅުގެ ލެބޯޓަރީ ޚިދުމަތް ލިބެންނެތް ޞިއްހީ މަރުކަޒުތަކުން ނަގާ ސާމްޕަލްތައް، ސާމްޕަލް ނެގި މަރުކަޒާއި އެންމެ ގާތުން ލެބޯޓަރީ ޚިދުމަތް ލިބެންހުރި މަރުކަޒަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

  • ލ.މުންޑޫ ޞިއްޙީ މަރުކަޒުން ލ.މާބައިދޫ ޞިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިޔުމާއި އަނބުރާ ގެނައުން.
  • ލ.ކުނަހަންދޫ ޞިއްޙީ މަރުކަޒުން ލ.ހިތަދޫ ޞިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިޔުމާއި އަނބުރާ ގެނައުން.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި

އަންދާސީހިސާބު ހުށަހެޅުން

04 އޮކްޓޫބަރު 2023 (ބުދަ) ދުވަހުގެ 14:00

05 އޮކްޓޫބަރު 2023 (ބުރާސްފަތި) ދުވަހުގެ 10:30 (ގުރަހަ މާލަން)

އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2023
ހޯދާ