ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިސެޕްޝަނުން ޚިދުމަތްދޭ ގަޑިތައް ވަކި ދުވަސްތަކެއްގައި ބަދަލުއައުން

އިޢުލާން

ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ބައިވެރިވާގޮތަށް ހިންގާ މުހިންމު ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށްޓަކައި 25 ސެޕްޓެންބަރު 2023، 02 އޮކްޓޯބަރު 2023، 03 އޮކްޓޯބަރު 2023 އަދި 05 އޮކްޓޯބަރު 2023 މި ދުވަސްތަކުގައި ކޮމިޝަނުގެ ރިސެޕްޝަން ހުޅުވާފައި ހުންނާނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނަމަވެސް، މި ދުވަސްތަކުގައި 14:00ން 15:00އަށް ކޮމިޝަނަށް ފޮނުވާ ލިޔެކިޔުންތައް  [email protected]   މެއިލްގެ ޒަރިއްޔާއިން އެދުވަހު ބަލައިގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.

އަދި މިނޫން ދުވަސްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 08:00 ން މެންދުރުފަހު 15:00 އަށް ރިސެޕްޝަނުން ޚިދުމަތް ލިބޭނެކަމުގައިވެސް ދެންނެވީމެވެ.

 

06 ރަބީޢުލްއައްވަލު 1445

21 ސެޕްޓެންބަރު 2023
ހޯދާ