މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސް.ޓީ.އޯގެ އިތުރު ކާޑު އޭޖެންޓެއް ހޯދުން

ރ. އަލިފުށި ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އަލިފުއްޓަށް އިތުރު ކާޑު އޭޖެންޓެއް ހަމަޖެއްސުމަށް އެސް.ޓީ.އޯ އިން ބޭނުންވާތީ، ރަށުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަށް ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

އެޖެންޓުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން:

  • އެޖެންޓު ކަމަށް އެދި ކައުންސިލަށް ހުށައަޅާ ސިޓީ
  • ވިޔަފާރި ހުއްދަ (ކޮޕީ)
  • ޖީއެސްޓީ ރެޖިސްޓްރޭޝަން (ކޮޕީ)
  • ވެރިފަރާތުގެ އައިޑީ ކާޑު (ކޮޕީ)

ވީމާ، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު 2023 އޮކްޓޫބަރު 4 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

5 ރަބީޢުލް އައްވަލް 1445

20 ސެޕްޓެންބަރު 2023
ހޯދާ