ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ކޮންޕިއުޓަރ ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)221-ASS/221/2023/47 (09 އޮގަސްޓް 2023) އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ މުއްދަތު އެކަށީގެންވާ ވަރަށްވުރެ ދިގުކަމަށް ފެންނާތީ، އެ މަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުން ފެށިގެން 2023 ސެޕްޓެމްބަރ 26 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/J0nSemQuM0

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     

 

18 ސެޕްޓެންބަރު 2023
ހޯދާ