ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

ނަންބަރު: WAMCO-HR/IUL/2023/115

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ             

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ގދ. ތިނަދޫ އޮޕަރޭޝަންސް

ބޭނުންވާ އަދަދު

02

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ؛ ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  3. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން،
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުން ކުންފުނިން ކަނޑައަޅާ ތަނެއްގެ ކުނި މެނޭޖްކުރާ ސައިޓްތަކުން، ސުޕަވައިޒަރާއި ހަވާލުކުރާ ސައިޓެއްގެ ދުވަހުން ދުވަހަށް ބަލަހައްޓަން ޖެހޭ އެންމެހައި މަސައްކަތްތައް ގާތުން ބަލައި ސުޕަވައިޒްކުރުން.
  2. ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޮސްޓަރއާއި އެއްގޮތަށް މަސައްކަތައް ކުރޭތޯ ޔަގީންކޮށް ސުޕަވައިޒްކުރުން.
  3. އޮޕަރޭޝަންސް ޑިޕާޓްމަންޓަށް ހަވާލުކުރަންޖެހޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ގަވައިދުން ޑިޕާޓްމަންޓަށް ފޯރުކޮށްދިނުން.
  4. ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް މަސައްކަތްތައް ބެލެހެއްޓުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ލައިން މެނޭޖަރގެ އިރުޝާދާއިއެކު ހައްލުކުރުން.
  5. ކޯޕަރޭޝަނުން ކުންފުނިން ކަނޑައަޅާ ތަނެއް ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްތަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  6. އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  7. މީގެއިތުރުންވެސް ޑިޕާޓްމަންޓުން އަންގާ މަޤާމާއި ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަވިއު އަދި އާއި އިމްތިޙާން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރިތާ 03 މަސް ދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2023 ސެޕްޓެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected]  ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން ސެޕްޓެމްބަރ / އޮކްޓޯބަރ މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލް 1445

 17 ސެޕްޓެމްބަރ 2023

 

17 ސެޕްޓެންބަރު 2023
ހޯދާ