މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                          (IUL)10-C/10/2023/141 :ނަންބަރު 

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-310001

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު / އެގްޒެކެޓިވް ސެކްރެޓޭރިއެޓް ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  1,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: 1,562.75 ރުފިޔާ (މުސާރައިގެ %35)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެގްޒެކެޓިވް ސެކްރެޓޭރިއަޓް ސެކްޝަނަށް މިނިސްޓްރީގެ ސެކްޝަންތަކުން ފޮނުވާ މެމޯ، ނޯޓްފަދަ ލިޔުންތައް ލިބުމުން ސެކްޝަނުގެ ވެރިއެއްގެ އަރިހަށް ގެންދިއުމާއި އަދި ސެކްޝަނުގެ އެހެން މުވައްޒަފުންނަށް ދައްކަންޖެހޭ މެމޯ، ނޯޓް ފަދަ ތަކެތި ދެއްކުމާއި ފިޔަވަޅުއަޅަންޖެހޭ ފަދަ ލިޔުންތަކަށް ވެރިއަކު ވިދާޅުވާގޮތެއްގެ މަތިން ފިޔަވަޅުއަޅައި ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދިނުން.
  2. ސަރުކާރުގެ އިދާރާތަކުންނާއި، ކައުންސިލްތަކުން އަދި ސަރުކާރުގެ އޮފީސްތަކުން އެގްޒެކެޓިވް ސެކްރެޓޭރިއަޓަށް އަންނަ ސިޓީތައް/ލިޔުންތައް ސެކްޝަން ހިންގަވަން ހުންނެވި ވެރިއަކު ޓާސްކު ފޮނުވުމުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ވިދާޅުވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ޤަވާއިދުން ފޮނުވުން.
  3. އަމިއްލަ ފަރާތްތަކުން މިނިސްޓަރާއި، މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ އެހެންބޭފުޅުންގެ އަރިހަށް ފޮނުވާ ސިޓީތަކުގެ ތެރެއިން އެގްޒެކެޓިވް ސެކްރެޓޭރިއަޓުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ވިދާޅުވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި އެފަދަ ލިޔުންތަކާ ގުޅިގެން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ލިޔެ ޤަވާޢިދުން ފޮނުވުން.
  4. މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އަރިހަށާއި މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ އެހެންބޭފުޅުންގެ އަރިހަށް ވަޑައިގެންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެބޭފުޅުން ރިސީވް ކުރުމާއި، ސައިފޮދުގެ އިންތިޒާމް ހަމަޖެއްސުމާއި، ހަދިޔާ އަރުވަން ޖެހޭ ބޭފުޅުންނަށް ބޭނުންވާ ހަދިޔާ ހޯދާފައި ބެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. މިނިސްޓަރާ، މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
  6. ސެކްޝަނުގެ ސްޓްރެޓިޖިކް ޕްލޭން ތައްޔާރުކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި އަދި ކޮންމެ ކުއާޓަރެއްގެ އަޕްޑޭޓް ތައްޔާރުކޮށް ޕޮލިސީ ޕްލޭނިންގ ސެކްޝަނަށް ފޮނުވުން.
  7. މިނިސްޓަރާ، މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީވެރިން މިނިސްޓްރީ ތަމްޝީލް ކުރުމަށް ވަޑައިގަންނަވާ އެކިއެކި ބައްދަލުވުންތައް އެޑްމިނިސްޓްރޭޓިވް ޔުނިޓުން އެންގެވުމުން އެބައްދަލުވުމުކަށް ވަޑައިގަންނަވާ ބޭފުޅަކަށް ދަންނަވާ އެބައްދަލުވުމަކަށް އެބޭފުޅަކު ވަޑައިގަންނަވާތޯ ބެލުން. އަދި އެބައްދަލުވުމެއް ނިމުމުން އެބޭފުޅަކަށް ދަންނަވައިގެން ބައްދަލުމުވުގެ ބްރީފިންގ އެޑްމިނިސްޓްރޭޓިވް ޔުނިޓާ ޙަވާލުކުރުން.
  8. އެގްޒެކެޓިވް ސެކްރެޓޭރިއަޓުގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންނަށް އެކި ފަރާތްތަކުން ފޮނުވާ ދަޢުވަތު ކާޑްތައް އެބޭފުޅުންނަށް ރައްދުކޮށް، އެބޭފުޅުން ވަޑައިގަންނަވާތޯ ބަލާ އެކަން ދަޢުވަތު ދެއްވިފަރާތައް އެންގުން.
  9. މިނިސްޓަރގެ ނައިބުންފެށިގެން ދަށުގެ ހުރިހާ ސިޔާސީބޭފުޅުން އޮފީހުގައި ނޫޅުއްވާ ވަގުތުތަކުގައި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކޮށް ސެކްޝަން ހިންގަވާ ވެރިޔެއްގެ މަޝްވަރާއާއެކު އެހީތެރިވެދެވެން ހުންނަ ކަންކަމުގައި އެހީތެރިވެދިނުން. އަދި ޔައުމިއްޔާ ލިޔަންޖެހޭ ބައްދަލުވުމެއް ނަމަ ޔައުމިއްޔާލިޔެ ސެކްޝަން ހިންގަވަންހުރި ވެރިޔަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން.
  10. ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީގެ ސިޔާސީ މަޤާމްތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް އިދާރާ ގޮތުން ހަމަޖައްސަވަންޖެހޭ އެންމެހާ އިންތިޒާމްތައް ސެކްޝަނުގެ ވެރިއެއް ވިދާޅުވާގޮތެއްގެ މަތީން ހަމަޖެއްސުން.
  11. ސެކްޝަނަށް އަންނަ ހުރިހާ ލިޔުންތަކެއް އެންޓްރީ ކުރުމަށްފަހު އެންޓްރީ ކުރާ ހުރިހާ ލިޔުންތަކުގެ ތެރެއިން ޙަވާލާ ހޯދަންޖެހޭ އެންމެހާ ލިޔުންތަކުގެ ޙަވާލާ ހޯދާ ސެކްޝަން ހިންގަވަން ހުރިވެރިޔަކާ އެލިޔުންތައް ޙަވާލުކުރުން.
  12. މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ވެރިންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދުކޮށް، އެބޭފުޅަކު ވިދާޅުވާ ގޮތަކަށް ޢަމަލުކުރުން.
  13. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ޤަވާޢިދުން ލިޔުން.
  14. ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އަދި ވެރިންނާއި މަޝްވަރާކޮށްގެން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިޔަކާއި މަޝްވަރާކޮށް ވިދާޅުވާގޮތެއްގެ މަތިން ވަގުތުން ޖަވާބުދިނުން.
  15. އެގްޒެކެޓިވް ސެކްރެޓޭރިއަޓްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މިނިސްޓަރ، އަދި މިނިސްޓަރގެ ނައިބުންނާއި ސިޔާސީ އެހެން ބޭފުޅުންގެ މީޓިންގ ތަކުގައި ސައިފޮދު ތައްޔާރުކުރަންޖެހޭ މީޓިންގ ތަކުގައި ސައިފޮދު ތައްޔާރުކުރަންޖެހޭނަމަ މަސައްކަތުމީހުން ލައްވައި ތައްޔާރުކުރުވާ ވެއްދުން.
  16. އެގްޒެކެޓިވް ސެކްރެޓޭރިއަޓް ސެކްޝަނަށް އަންނަ/ފޮނުވާ ހުރިހާ ލިޔުންތަކެއް އެންޓްރީގައި ނޯޓު ކުރުމަށްފަހު އޮންނަ އުޞޫލުން ދުވަހަށް ފައިލްކުރުން.
  17. މިނިސްޓަރަށް އަންނަ ހުރިހާ ލިޔުންތަކެއް ކައުންޓަރުން ޙަވާލުކުރުމުން ސެކްޝަން ހިންގަވަން ހުރި ވެރިއެއްގެ އަރިހަށް ގެންދިއުން. އަދި އެހެން ސެކްޝަނަކާ ޙަވާލުކުރުމަށްދޭ ލިޔުންތައް ކައުންޓަރާ ޙަވާލުކުރުން.
  18. މިނިސްޓަރ، މިނިސްޓަރގެ ނައިބުން އަދި ސިޔާސީ އެހެން ބޭފުޅުން ތިއްބަވާކޮޓަރިތައް މަސައްކަތު މީހުން ލައްވާ ސާފުކުރުވާ އެބޭފުޅުންގެ ކޮޓަރިކޮޅުތަކަށް ބޭނުންވާ ސާމާނު ހަމައަށް ހުރިތޯ ބަލާ އެކޮޓަރިކޮޅުތައް ބެލެހެއްޓުން.
  19. މިނިސްޓަރގެ ކޮންފަރެންސް ރޫމް ކޮންމެދުވަހަކު މަސައްކަތުމީހުންލައްވާ ސާފުކުރުވާ ބެލެހެއްޓުން.
  20. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވާން ޖެހޭ ވޯރކްޝޮޕް/ސެމިނަރ/ޓްރެއިނިންގ ތަކުގައި ކަނޑައެޅޭ ގޮތެއްގެ މަތިން ބައިވެރިވުން.
  21. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގައި ހެދިފައިވާ ފައިލިންގ ސިސްޓަމާ އެއްގޮތަށް ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ފައިލްތައް ހަދާ، އެފައިލްތައް ފުރުމުން، އާ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  22. އިންޓްރާ ސިސްޓަމުން ފޮނުވާފައިވާ ޓާސްކްތައް ނިންމުމަށްފަހު ޓާސްކްތައް އަޕްޑޭޓްކޮށް ކޮމްޕްލީޓް ކުރުން.
  23. މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންތައްތަކުގައާއި، ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ މިނިސްޓްރީގެ ރަސްމީ ކަންކަމުގައި ސެކްޝަނުގެ ވެރިއަކު ވިދާޅުވާ ގޮތެއްގެމަތިން ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.
  24. އެގްޒެކްޓިވް ސެކްރެޓޭރިއެޓުން ބޭނުންވެއްޖެ ހިނދެއްގައި އޮފީސް ހުޅުވައި ލައްޕައި ދިނުން.
  25. ސެކްޝަނުގެ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  26. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ މުވައްޒަފަކު ނެތް ހާލަތެއްގައި ސެކްޝަނުގެ ވެރިއަކު ވިދާޅުވާގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.    

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2023 އޮކްޓޫބަރު 03 އާއި 16 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031543 ނުވަތަ 3031542 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                02 ރަބީޢުލްއައްވަލް 1445
17 ސެޕްޓެންބަރު 2023
ހޯދާ