ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިންތަކަށް ބޭނުންވާ ޓޯނަރ ކާރޓްރެޖް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ފޮޓޯކޮޕީ މެޝިންތަކަށް ބޭނުންވާ ޓޯނަރ ކާރޓްރެޖް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)221-ASS/221/2023/48 (13 އޮގަސްޓް 2023) އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ މަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހު 8:00 އިން ފެށިގެން 2023 ސެޕްޓެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/JQBQvSEY0n

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2023
ހޯދާ