މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫ ގައި ގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ސެޕްޓެންބަރު 30 އިން 2023 އޮކްޓޫބަރު 02 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް އަދި 00:00 އިން 06:00 އަށް  ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

 1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            ޕައިރޯ ޓްކްނިކްސް

 2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:      100 މީޓަރު

 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     50  މީޓަރު

 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:             ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫއާއި ދިމާ މަތި      

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

17 ސެޕްޓެންބަރު 2023
ހޯދާ