އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް

ބީލަމުގެ ނަން:

އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް

ޕްރޮޖެކްޓްނަންބަރު:

(PROJ)339/2023/11

 

އިޢުލާނު ނަންބަރު:

(IUL)339-CAA/339/2023/69

އިޢުލާނުގެ ވަނަ:

1 ވަނަ

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

"އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުންމުގެ މަސައްކަތް" މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.  ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2023 ސެޕްޓެންބަރު 21 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީކޮށް މެއިލްއަށް ޖަވާބު ދޭނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނަށް ބައިވެރި ވެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި "އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަންވާނެ އެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ.

15 ސެޕްޓެންބަރު 2023
ހޯދާ