މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާޅޮހު ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން

ބ. މާޅޮހު ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން

ބ. މާޅޮހު ފުޓްސަލް ދަނޑުގެ ފެންސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް  އަދި ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 2023 ސެޕްޓެމްބަރ 19ވާ އަންގާރަދުވަހުގެ 11:00ގައި، ބ. މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖިސްޓްރީ ވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2023ސެޕްޓެމްބަރ 19 ވާ އަންގާރަދުވަހުގެ  13:00 ގެ ކުރިން، ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.

ފޯން ނަންބަރ: 4006020         އީމެއިލް: [email protected]

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2023ސެޕްޓެމްބަރ 26 ވާ އަންގާރަދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ އިންފޮމޭޝަން މެއިލް އަށް ([email protected])  އަންދާސީ ހިސާބު މެއިލް ކުރެއްވައި ([email protected]) އަށް ސީ.ސީ ކުރެއްވުން އެދެމެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގުޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ، ފޯން:
ބ.މާޅޮސް، ދިވެހިރާއްޖެ

ފޯން ނަންބަރ:     9555951/7612867  އީމެއިލް: [email protected]

29 ޞަފަރު 1445

14 ސެޕްޓެމްބަރ 2023

14 ސެޕްޓެންބަރު 2023
ހޯދާ