މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭ ކޮށް ސަލާމަތީ ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް ކުރުމަށްޓަކައި ސަރވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާގުޅޭ

                ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭ ކޮށް ސަލާމަތީ ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް ކުރުމަށްޓަކައި ސަރވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އޮންނާނީ 2023 އޮކްޓޯބަރ 22 އިން 26 އަށެވެ.

               ވީމާ، މިޕްރޮގްރާމުގައި ކޮންމެ ރަށު ކައުންސިލްއަކުން ނުވަތަ ސިޓީ ކައުންސިލްއަކުން ބޭފުޅަކު ބައިވެރިކޮށްދެއްވާ https://forms.gle/ovJYtiUgsvaHP6Bp9 މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެއްވުމަށް ދެންނެވީމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ 16 އޮކްޓޯބަރ 2023 އެވެ.

               ތަމްރީނާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި މިނިސްޓްރީގެ މެރިޓައިމް ޑިޕާޓްމަންޓުގެ މޯބައިލް ނަންބަރ 7212719 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2023
ހޯދާ