ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުން އަދި ބީލަން ހުޅުވުމުގެ ތާރީޚް ބަދަލުވުން

މިއޮފީހުގެ ނަންބަރު (IUL)196-C/1/2023/69 (03 ސެޕްޓެންބަރު 2023) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މި އޮފީސް ފޮޅާ ސާފުކުރުމުގެ ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުމަށް އިޢުލާނުކުރި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުމުން، ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުން އަދި ބީލަން ހުޅުވުމުގެ ތާރީޚް މިހާރުވަނީ ބަދަލުވެފައެވެ.

  • ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުން: 14 ސެޕްޓެންބަރު 2023، 10:00 އަށް
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 26 ސެޕްޓެންބަރު 2023، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީވުމަށް އީމެއިލް ކުރައްވާނަމަ: އިޢުލާނުގެ ނަންބަރު ((IUL)196-C/1/2023/69) ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2023 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 10:00 ގެ ކުރިން، [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ޙަވަލާދީފައިވާ އިޢުލާނުގެ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި، މިއޮފީހުގެ ގްރައުންޑް ފްލޯރ ފޮޅާ ސާފުކުރުން ހިމެނޭކަމުގައި ދަންނަވަމެވެ. މި އިޢުލާނާއެކު ނަންބަރު (IUL)196-C/1/2023/69 އިޢުލާނުގެ މަޢުލޫމާތު ކަރުދާސް އެޓޭޗްކޮށްފައިވާނެއެވެ.

27 ޞަފަރު 1445

12 ސެޕްޓެންބަރު 2023
ހޯދާ