މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެގްޒެކެޓިވް (އެޓޯލް ސަޕޯޓް ސަރވިސް ސެކްޝަން)

އިޢުލާނު 

މަޤާމު:

ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-382407

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / މ. މުލި

މުސާރަ:

8,835.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

- ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 1100.00ރ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28  ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބު ދާރީވުން.
  3. ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  4. އެޓޯލް ސަރޕޯރޓް ސަރވިސް ސެކްޝަންގެ ވެރިޔާގެ ޙައިސިއްޔަތުން، ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ މަޝްވަރާގެމަތިން، ސެކްޝަންގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސެކްޝަނަށް އަންނަ މައްސަލަތައް ބަލައިގަނެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޖަވާބު ތައްޔާރުކުރަންޖެހޭ ލިއުންތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި އައިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާ އެރުވުން.
  6. އީ-ގަވަރމަންޓް، ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލް އަދި މައި އެކައުންޓް، އީ-ފާސް އެކައުންޓް، ގެމެން އަދި ވުނަ ޕޯޓަލްތަކުން މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުމާއި ޕޯޓަލް ތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަން ޙައްލުކުރުން.
  7. އަތޮޅު ކައުންސިލްގައި ޑިޖިޓަލް އާކައިވެއް ޤާއިމުކޮށް އެކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުން.
  8. ރަށްވެހި ޚިދުމަތްތައް ޒަމާނީ ކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްގެ ލަފާގެ މަތިން ހޯދުމާއި އެ ކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  9. މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ބާރުއެޅުން.
  10. މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކުރުމާއި ހޭދަކުރުން ހުރިހާ ރަށުކައުންސިލްތަކުގައިވެސް އެއް އުސޫލަކުން ގެންދިއުމަށް ބާރުއެޅުން.
  11. ތަމްރީނު ކުރުމުގެ ޚިދުމަތަކީ " ކެރިއަރ ބޭސްޑް " ޚިދުމަތަކަށް ހެދުމުގެ ގޮތުން "ލައިފް ލޯންގ ލަރނިންގ" އަށް މުވައްޒަފުންގެ ޝައުގުވެރިކަމާ ސަމާލުކަން އިތުރުކޮށް، ތަމްރީނުވުމަށް ބާރުއެޅުމުގެ ޙަރަކާތްތައް ހިންގުން.
  12. ތަފާތު ތަޖުރިބާ މުވައްޒަފުންނަށް ހޯދައި ދިނުމުގެ ގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން އެތަންތަނުގައި މަސައްކަތްތައް ކުރަމުންދާގޮތްތައް ބަލާ ތަޖުރިބާ ކުރުމުގެ ގޮތުން، ތަޖުރިބާ ދަތުރުތައް ތަމްރީނު ކުރުމުގެ ޕްލޭންތެރޭންގެ ތެރޭގައި ހިމަނާ މުވައްޒަފުން ބައިވެރިކުރުން.
  13. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސެކްރެޓަރީ ޖެނެލްގެ އިރުޝާދުގެ މަތީން ކުރުން.
  14. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ލީގަލް އެންޑް ކޮމްޕްލަޔަންސް ޔުނިޓާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ސެކްޝަންގެ އިސް މީހެއްގެ ޙައިސިއްޔަތުން އެހެން މުވައްޒަފުންނަށް އެހީތެރިކަން ދިނުން.
  15. އީ ކައުންސިލް ވިޔަ އަދި ވުނަ މޮޑިއުލްގެ ތެރެއިން ޙަވާލުކުރަވިފައިވާ މަސައްކަތްތައް ކުރުން.
  16. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސެކްރެޓަރީ ޖެނެލްގެ އިރުޝާދުގެ މަތީން ކުރުން.
  17. ލީގަލް އެންޑް ކޮމްޕްލަޔަންސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސެކްރެޓަރީ ޖެނެލްގެ އިރުޝާދުގެ މަތީން ކުރުން.
  18. ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުން.
  19. މ. އަތޮޅުގެ އިދާރީ ދާއިރާގައި ހުންނަ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  20. ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެމިނިސްޓްރީ ތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް މ. އަތޮޅުގައި ދޭންކަނޑައަޅާ އެޓޯލް ސަރޕޯރޓް ސަރވިސް ސެކްޝަނާ ގުޅޭ ޚިދުމަތްތައް ދިނުން.
  21. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ، 
  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. 

 ތަޢުލީމީ ރޮނގުތައް

 ޕްރެފަރޑް ޑިސިޕްލިންގ

އެކައުންޓިންގ   

އެކައުންޓިންގ   

އެޑްމިނިސްޓްރޭޝަން   

އެޑްމިނިސްޓްރޭޝަން   

އެގްރިކަލްޗަރަލް ސައިންސް   

އެގްރިކަލްޗަރަލް ސައިންސް   

އެންތްރޯޕޮލޮޖީ   

އެންތްރޯޕޮލޮޖީ   

އާކިޓެކްޗަރ   

އާކިޓެކްޗަރ   

ބިޒްނަސް   

ބިޒްނަސް   

ބިޒްނަސް އެޑްމިނިސްޓްރޭޝަން   

ބިޒްނަސް އެޑްމިނިސްޓްރޭޝަން   

ބިޒްނަސް މެނޭޖްމަންޓް   

ބިޒްނަސް މެނޭޖްމަންޓް   

ސިވިލް އިންޖިނިއަރިންގ   

ސިވިލް އިންޖިނިއަރިންގ   

ކޮމާސް   

ކޮމާސް   

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   

ކޮމްޕިއުޓަރ ސައިންސް   

ކޮމްޕިއުޓަރ ސައިންސް   

ކައުންސިލް އެޑްމިނިސްޓްރޭޝަން   

ކައުންސިލް އެޑްމިނިސްޓްރޭޝަން   

ކަލްޗަރ އެންޑް ހެރިޓޭޖް   

ކަލްޗަރ އެންޑް ހެރިޓޭޖް   

ޑިމޮގްރަފީ   

ޑިމޮގްރަފީ   

ޑިވެލޮޕްމަންޓް ސްޓަޑީޒް   

ޑިވެލޮޕްމަންޓް ސްޓަޑީޒް   

އިކޮނޮމިކްސް   

އިކޮނޮމިކްސް   

އެޑިއުކޭޝަން   

އެޑިއުކޭޝަން   

އެންވަޔަރަންމެންޓަލް ސައިންސް   

އެންވަޔަރަންމެންޓަލް ސައިންސް   

ފައިނޭންސް   

ފައިނޭންސް   

ގަވަރނަންސް   

ގަވަރނަންސް   

ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   

ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   

ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   

ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   

ހިއުމަން ރިސޯސް   

ހިއުމަން ރިސޯސް   

އިންފޮމޭޝަން ޓެކްނޮލޮޖީ   

އިންފޮމޭޝަން ޓެކްނޮލޮޖީ   

އިންޓަނޭޝަނަލް ރިލޭޝަންސް   

އިންޓަނޭޝަނަލް ރިލޭޝަންސް   

ލޯ   

ލޯ   

ލީޑަރޝިޕް   

ލީޑަރޝިޕް   

ލައިބްރަރީ ސައިންސް   

ލައިބްރަރީ ސައިންސް   

ލޯކަލް ގަވަރނަންސް   

ލޯކަލް ގަވަރނަންސް   

މެނޭޖްމަންޓް   

މެނޭޖްމަންޓް   

މެރިން ސައިންސް   

މެރިން ސައިންސް   

މާކެޓިންގ   

މާކެޓިންގ   

އޮފީސް އެޑްމިނިސްޓްރޭޝަން   

އޮފީސް އެޑްމިނިސްޓްރޭޝަން   

ޕޮލިސީ ސްޓަޑިޒް   

ޕޮލިސީ ސްޓަޑިޒް   

ޕޮލިޓިކަލް ސައިންސް   

ޕޮލިޓިކަލް ސައިންސް   

ޕްރޮޖެކްޓު މެނޭޖުމަންޓު   

ޕްރޮޖެކްޓު މެނޭޖުމަންޓު   

ޕަބްލިކް އެޑްމިނިސްޓްރޭޝަން   

ޕަބްލިކް އެޑްމިނިސްޓްރޭޝަން   

ޕަބްލިކް މޭނޭޖްމަންޓް   

ޕަބްލިކް މޭނޭޖްމަންޓް   

ޕަބްލިކް ޕޮލިސީ   

ޕަބްލިކް ޕޮލިސީ   

ޕަބްލިކް ރިލޭޝަންސް   

ޕަބްލިކް ރިލޭޝަންސް   

ޝަރީޢާ އެންޑް ލޯ   

ޝަރީޢާ އެންޑް ލޯ   

ސޯޝަލް ސައިންސް   

ސޯޝަލް ސައިންސް   

ސޯޝަލް ވޯރކް   

ސޯޝަލް ވޯރކް   

ސޯޝިއޮލޮޖީ   

ސޯޝިއޮލޮޖީ   

ސްޕޯޓްސް މެނޭޖްމަންޓް   

ސްޕޯޓްސް މެނޭޖްމަންޓް   

ސްޓެޓިސްޓިކްސް   

ސްޓެޓިސްޓިކްސް   

ސްޓްރަކްޗަރަލް އިންޖިނިއަރިންގ   

ސްޓްރަކްޗަރަލް އިންޖިނިއަރިންގ   

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   

އަރބަން ޕްލޭނިންގ   

އަރބަން ޕްލޭނިންގ   

އާބަން ސްޓަޑީޒް  

އާބަން ސްޓަޑީޒް  

 

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2023 އޮކްޓޯބަރ 08 އާއި 2023 އޮކްޓޯބަރ 24 އާ ދެމެދު، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6720600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 ސެޕްޓެންބަރު 2023
ހޯދާ