މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/1)ފ(01 ފެބުރުވަރީ 2015) މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިއިދާރާގެ އިމާރާތުގެ ބައެއް ކޯނިސްއާއި ދިޔަދޮވި ނައްޓައި ހަރުކުރުމާއި އަތޮޅުގޭގެ ގުދަނުގައި 3 ދޮރު ނައްޓައި، އެލްމިނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 04 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 11 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ