ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑްރައިވަރ (ކޮންޓްރެކްޓް)

މި ކޮމިޝަންގެ ނަންބަރު (IUL)195-A-HR/195/2023/30 (08 އޮގަސްޓް 2023) އަދި (IUL)195-A-HR/195/2023/31 (16 އޮގަސްޓް 2023) މިދެ އިޢުލާނާ ގުޅިގެން ޑްރައިވަރުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަދަންނަވަމެވެ.

މަގާމު

ޑްރައިވަރ (ކޮންޓްރެކްޓް)

ކޮންޓްރެކްޓް މުއްދަތު

1 އަހަރު

ރޭންކް

އެސް.އެސް 2

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން / ޔުނިޓް

ބިއުރޯ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ

3,755/- ރުފިޔާ

އެހެނިހެން އިނާޔަތްތައް

-     މަސައްކަތަށް ނުކުންނަ ދުވަހަކަށް -/250 ރުފިޔާ

-     ދުވާލަކު 8 ގަޑި އިރަށްވުރެ އިތުރަށް މަސައްކަތްކުރާނަމަ  ވަޒީފާޔާބެހޭ ޤާނޫނުގައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

-     ހަފްތާޔަކު 1 ދުވަސް އޮފް ދުވަހުގެ ގޮތުގައި ދެވޭނެއެވެ.

 

 

އަސާސީ ޝަރުޠު

  1. ގްރޭޑް 7 ގެ ތަޢުލީމީ ފެންވަރު ހުރުމާއެކު  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި SS1 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. B1 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމުގައިވުން. (ކޮންޓްރެކްޓްގެ މުއްދަތުގައި ލައިސަންސްގެ މުއްދަތު ހަމަވާނަމަ ހަމަޖެހިފައިވާ އުސޫލުން ލައިސަންސްގެ މުއްދަތު އާކުރުންވާނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ ކާރުގައި ރަސްމީ ގަޑީ ގައި އަދި ނުރަސްމީ ގަޑީގައި ކުރަންޖެހޭ އެއްމެހައި ދަތުރުތައް ކުރުން.
  2. ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ދަތުރެއްގައި އެއަރޕޯރޓް/ފެރީ/ލޯންޗް އަށް  ލަގެޖް އުފުލަން ޖެހޭ ހާލަތެއްގައި ލަގެޖް އުފުލައި ގެންގޮސްދިނުމުގެ މަސައްކަތްތައް ކުރުން.
  3. ކޮމިޝަނުގެ ކާރުގައި ވަކި ގަޑިއަކަށް ކުރަންޖެހޭ ދަތުރެއް އެއްވެސް ސަބަބަކާހުރެ ކުރެވެން ނެތްނަމަ، އެކަށީގެންވާ ވަގުތު އޮއްވައި އެކަން ސުޕަވައިޒަރަށް އެންގުން
  4. ވެހިކަލްގެ ހާލަތު ކޮންމެ ދުވަހަކު ބަލާ އެއަށް އަޅަންޖެހޭ ތެޔޮ ފަދަ ތަކެތި އަޅާ ބެލެހެއްޓުން.
  5. ވެހިކަލް ދޮވެ ސާފުކޮށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން
  6. ވެހިކަލް  ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ސާމާނު ހޯދުމަށާއި އަދި މެއިންޓެނެންސް އަށް ބޭނުންވާ ކަންކަން ގަވާއިދުން ބަލައި، އެކަންކަން ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
  7. ވެހިކަލްގެ ރަޖިސްޓަރީއާއި، އަހަރީ ފީ ދެއްކުމާއި އިންޝުއަރަންސްގެ ކަންކަން، ސެކްޝަން/ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން، ގަވާއިދުން ކުރުމާއި އެ މަސައްކަތުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  8. އުޅަނދުގައި ދަތުރެއް ފެށުމުގެ ކުރިން އިންސްޕެކްޓްކޮށް، މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެކަމެއް ހައްލުކުރުން.
  9. އުޅަނދުގައި ކުރާ  ދަތުރުފަތުރުގެ ތަފްސީލް ލިޔުމުން ސުޕަރވައިޒަރު އަންގާ ގޮތެއްގެމަތީން ގަވާއިދުން ބެލެހެއްޓުން.
  10. އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ވަގުތުން ސުޕަރވައިޒަރުގެ ސަމާލުކަމަށް ގެނައުމާއެކު އެކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަންކުރުން
  11. އުޅަނދު ދުއްވުމުގަޔާއި އަދި ޕާކް ކުރުމުގައި ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމާއެކު އެކަންކަމަށް ފަރުވާތެރިވުން.

މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

 

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
    1. ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
    2. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
    3. ވަނަވަރު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
    4. މުއްދަތު ހަމަނުވާ B1 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސްގެ ކޮޕީ

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. 2.     މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ، މަޤާމާށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  4. މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންއާއެކު ފޮނުވާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދީފައިވާންވާނެއެވެ.
  5. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.
  6. މި ވަޒީފާއަށް ކުރިމަތިލުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  7. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  8. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ސުންގަޑި

17 ސެޕްޓެންބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

05 ސެޕްޓެންބަރު 2023
ހޯދާ