އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފެށުމާއި ގުޅޭ

ނޯޓިސް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފެށުމާއި ގުޅޭ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 04 ޖޫން 2023 ވަނަ ދުވަހު ވަނީ ފެށިފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ގަމުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމާއި، ޕެސެންޖަރ ޓަރމިނަލްގެ ޖާގަ އިތުރުކުރުމާއި، ކާގޯ ޓަރމިނަލް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ހެދުމާއި މުޅިން އަލަށް ޢިމާރާތްކުރެވޭ އެއަރޕޯޓް ޓަވަރު، ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ޢިމާރާތް އަދި އެޑްމިން ޢިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން ގަމުގެ ޖެޓީ ބޮޑުކޮށް ފުންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެހެންކަމުން މިމަސައްކަތްތައް ކުރިއަށްދާއިރު އެއްގަމާއި ކަނޑުގެ މަގުން ގަމަށް އަރާފޭބުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މަސައްކަތް ހިނގަމުންދާ ސަރަހައްދުގައި އެކިއެކި ބޭނުންތަކަށް ގަމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަމާލުވުމަށްއެދި ސައިންބޯޑްތަކާއި ނޯޓިސް ބޯޑްތައް ހަރުކުރެވިފައި ހުންނާނެ ވާހަކަ  އަންގަމެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ބޭނުން ކުރެވޭނެ މަގުތައްވެސް ފާހަނގަ ކުރެވިފައި ހުންނާނެއެވެ.  

 

ގަމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިރީގައިބަޔާންކުރެވިފައިވާ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ :

- ކޮންސްޓްރަކްޝަން ޒޯން ތަކުގައި ދަތުރުކުރާ ބޮޑެތި އުޅަނދުތައް އަދި ބަރު އާލާތްތަކަށް ސަމާލުވުން.

- ކޮންސްޓްރަކްޝަން ޒޯނުގައި ހަރުކުރެވިފައިވާ ނިޝާން ތަކަށް ރައްކާތެރިވެ ފަރުވާތެރިކަމާއެކު ދުއްވުން.

- ޓްރެފިކް ނިޝާން ތަކަށް އަމަލުކުރުން.

- އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ، ރެނާޓަސް ޓީމްގެ ފަރާތުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުން.

މަތީގައި ބަޔާންވެފައިވާ މަސައްކަތްތައް ކުރިއަށް ހިނގަމުންދާއިރު ސިއްޙީ ގޮތުންނާއި ސަލާމަތީގޮތުން ރައްކާތެރި މާޙައުލެއް ޤާއިމް ކުރުމަށާއި ތިމާވެއްޓާއި ރައްޓެހި  މިންގަނޑުތަކަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް  އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މިކުންފުންޏާއި އަދި މިޕްރޮޖެކްޓުގެ ކޮންޓްރެކްޓަރ ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށް ހިނގަމުންދާއިރު ދިމާވެދާނެ އެންމެހާ ދަތިއުދަނގޫ ކަންތައްތަކަށް މިކުންފުނިން ނިހާޔަތަށް މަޢާފަށްއެދެމެވެ.  މިފަދަ ކަންކަމުގައި ތިޔަ އެންމެ ބޭފުޅުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ.

05 ސެޕްޓެންބަރު 2023
ހޯދާ