މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023

މާލެއަތޮޅު އަތޮޅު ކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023

   މާލެއަތޮޅު އަތޮޅު ކައުންސިލްގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަންގައި ބައިވެރިވުމުގެ ފުރުސަތު މިއަތޮޅުގެ ރަށުކައުންސިލް ތަކަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޫބަރ 12 އިން 19 އަށް ކ. ތުލުސްދޫގައެވެ.

ވީމާ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކައުންސިލް ތަކުން 2023 ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި  ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޓީމުލިސްޓާއިއެކު ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފޮނުވަންޖެހޭ އެންމެ ފަހު ތާރީޚަކީ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ކަމުގައި ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމްލިސްޓް ހުށަހަޅާ ފޯމާއި ،މުބާރާތުގެ ޤަވާޢިދު ރަށުކައުންސިލް ތަކުންނާއި މި އިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 ސެޕްޓެންބަރު 2023
ހޯދާ