ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 04 ސެޕްޓެމްބަރ 2023

ނަންބަރ:(IUL)327-A/327/2023/242

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

           
ތިރީގައި އެވަނީ 2023 ސެޕްޓެމްބަރ 04 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ 16 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
  1. ނައިފަރު ކައުންސިލަށް 3 ލެޕްޓޮޕް އަދި 3 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/168 ބީލަމާއި ގުޅިގެން  H WORKS އިން އަގު ހުށަހަޅާ ފޯމުގައި އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމުގައި ވީނަމަވެސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ހުށަހަޅާފައި ނުވުމާއި، ބިޑް ހުށަހަޅާފައިވާ 2 ފަރާތުންވެސް އެފަރާތުން ހުށަހަޅާފައިވާ ލެޕްޓޮޕް އަދި ކޮމްޕިއުޓާރ ސިސްޓަމް ތަކުގެ ބްރޭންޑް  އޮތޮރައިޒްޑް ރީސެލާރ ނުވަތަ ޕާޓްނާރ އެއްކަން އެނގޭފަދަ ލިޔުމެއް ހުށަހަޅާފައި ނުވާތީ ބީލަންތަށް ބާތިލް ކުރުމަށް ފެންނަކަމަށް ނިންމުން.
  2. ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/170 ބީލަމާއި ގުޅިގެން އެންމެ މަތިން މާރކްސް ލިބޭ TAC CONSTRUCTION އިން  އަގު ހުށަހަޅާ ފޯމުގައި އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމުގައި ވީނަމަވެސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ހުށަހަޅާފައި ނުވާތީ އެ ފަރާތަށް ބީލަން އެވޯޑު ކުރަން ނުފެންނަ ކަމަށާއި އަދި ދެވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ H WORKS އިން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް އެކަށީގެންވާ އަގަށްވުރެ ބޮޑުއަގެއްކަމުގައި ވާތީ އެއްވެސް ފަރާތަކަށް ބީލަން އެވޯޑު ނުކުރުމަށާއި ބީލަން ބާތިލް ކުރަން ފެންނަކަމަށް ނިންމުން.
  3. 40.39 އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/205 ބީލަމާއި ގުޅިގެން އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ECO YOUTH އަށް ބިޑް އެވޯޑުކުރަން ފެންނަކަމަށް ނިންމުން.
  4. ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/180 ބީލަމާއި ގުޅިގެން އެންމެ މަތިން މާރކްސް ލިބޭ TAC CONSTRUCTION އިން  އަގު ހުށަހަޅާ ފޯމުގައި އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމުގައި ވީނަމަވެސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ހުށަހަޅާފައި ނުވާތީ އެ ފަރާތަށް ބީލަން އެވޯޑު ކުރަން ނުފެންނަ ކަމަށާއި އަދި ދެވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ H WORKS އިން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް އެކަށީގެންވާ އަގަށްވުރެ ބޮޑުއަގެއްކަމުގައި ވާތީ އެއްވެސް ފަރާތަކަށް ބީލަން އެވޯޑު ނުކުރުމަށާއި ބީލަން ބާތިލް ކުރަން ފެންނަކަމަށް ނިންމުން.
  5. ނައިފަރު ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/197 ބީލަމާއި ގުޅިގެން ބަލައިގަނެފައިވާ ހަމައެކަނި ބީލަން ކަމުގައިވާ މެޓްރިކުން ހުށަހަޅާފައިވާ ބީލަމުގެ އަގު ހުށަހަޅާ ފޯމުގައި އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމުގައި ވީނަމަވެސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ހުށަހަޅާފައި ނުވާތީ އެ ފަރާތަށް ބީލަން އެވޯޑު ކުރަން ނުފެންނަ ކަމަށާއި، ބީލަން ބާތިލުކުރަން ފެންނަކަމަށް ނިންމުން.
  6. ނައިފަރު މަސްޖިދުއް ތަޤުވާގައި މިހާރު ހުރި ފެންމުޑި ތަޅާލުމަށްފަހު އެތަނުގައި ޕަމްޕް ރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/179 ބީލަމާއި ގުޅިގެން އެންމެ މަތިން މާރކްސް ލިބޭ TAC CONSTRUCTION އިން  އަގު ހުށަހަޅާ ފޯމުގައި އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމުގައި ވީނަމަވެސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ހުށަހަޅާފައި ނުވާތީ އެ ފަރާތަށް ބީލަން އެވޯޑު ކުރަން ނުފެންނަ ކަމަށާއި އަދި ދެވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ H WORKS އިން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް އެކަށީގެންވާ އަގެއްކަމުގައިވާތީ H WORKS އަށް ބީލަން އެވޯޑު ކުރުމަށް ފެންނަކަމަށް ނިންމުން.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ