ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މި އޮތޯރިޓީގެ މުސާރައިގެ އޮނިގަނޑު ބަދަލުވުމާއި ގުޅިގެން މި އޮތޯރިޓީގެ ނަންބަރ IUL)221-HRS/221/2023/51) އިއުލާނަށް ކުރިމަތިލާފައިވާ ފަރާތްތަށް ހިމެނޭގޮތަށް މި މަޤާމަށް އަލުން އިއުލާނުކުރަމަވެ.

މަޤާމް:

 އެސިސްޓެންޓް ޑިރެކްޓަރ 

 ބޭނުންވާ ޢަދަދު: 

 01

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޑިރެކްޓަރ

 މަޤާމުގެ ރޭންކް:

 MS3

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒިފާއަދާ ކުރަންޖެހޭ ތަން:

 ހިއުމަން ރިސޯސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

 އަސާސީ މުސާރަ:

 7,035.00ރ

 ސަރވިސް އެލަވަންސް:

 2,000.00ރ

އެހެނިހެން އެލަވަންސް:

 އެކްސްކްލޫސިވް ޖޮބް   އެލަވަންސް:

 އަސާސީ މުސާރައިގެ %50 (ފަންސާސް އިންސައްތަ)

 ލިވިންގ އެލަވަންސް:

 4,000.00ރ (ޕްރޮބޭޝަނަށް ފަހު)

 ހާޒިރީ އެލަވަންސް:

 200ރ (ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް)

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

 މަޤާމުގެ އަސާސީ ޝަރުތު:

 

  1. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން މަޢުލޫމާތު: 

 މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

  • ހިންގުމުގެ ދާއިރާ
  • މެނޭޖްމަންޓް ދާއިރާ
  • ހިއުމަން ރިސޯސް މެނޭޖް އެންޑް ޑިވޮލޮޕް ކުރުމުގެ ދާއިރާ
  • އެޑްމިނިސްޓްރޭޝަން ދާއިރާ

 ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 9ގެ ސަނަދެވެ. އަދި ލެވެލް 10ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ދާއިމީކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތާއި، މުވައްޒަފުންގެ މަސައްކަތަށް އަންނަ ބަދަލުތައް ދިރާސާކޮށް ވަޒީފާބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  2. މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީގެ ރެކޯޑުފަދަ މުވައްޒަފުންނާއި ގުޅުންހުރި ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމާއި އަދި މިނޫންވެސް ރެކޯޑްތައް ބެލެހެއްޓުން
  3. އޮތޯރިޓީގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުސާރަދިނުމުގެ އިދާރީ މަސައްކަތް ބެލެހެއްޓުން
  4. މުވައްޒަފުންނަށް ދޭންޖެހޭ ކުރިއެރުމާއި ޕްރޮމޯޝަނާއި ގުޅޭ އޮނިގަނޑެއް އެކުލަވާލާ ޕްރޮޝޯނާއި ގުޅޭ އިދާރީ މަސައްކަތްކުރުން
  5. މުވައްޒަފުން ރީޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  6. މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ މަސައްކަތްތައްކުރުމާއި މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރުމުގެ ގޮތުން ރިވޯޑް ދިނުން
  7. އޮތޯރިޓީގެ އިދާރީ އޮނިގަނޑުގެ މަސައްކަތްކުރުން
  8. މުވައްޒަފުންނާއި ގުޅޭ ޕޮލިސީތަކާއި އެސް.އޯ.ޕީތައް އެކުލަވާލާ ތަންފީޒުކުރުން
  9. އަލަށް ވަންނަ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ރާވައި ހިންގުން

  10. ރާއްޖެއިން ބޭރަށް މުވައްޒަފުން ކުރާ ދަތުރުތަކާއި ގުޅިގެން ދޭންޖެހޭ އެލަވަންސްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުގެ ޓިކެޓް ނެގުމުގެ ކަންތައް ޕްރޮކިއުމަންޓް ޔުނިޓާއި ގުޅިގެން ހަމަޖެއްސުން

   11. އޮތޯރިޓީގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ދިރާސާތައްކޮށް، އޮތޯރިޓީގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ ޓްރެއިނިންގ ނީޑްސް އަދި ހިއުމަން ރިސޯސްގެ އަހަރީ އެސެސްމަންޓެއް ތައްޔާރުކުރުން

   12. މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން މަސައްކަތުގައި ބޭނުންވާނެ ތަޢުލީމާއި ތަޖްރިބާ ހޯދައިދިނުމުގެ މަސައްކަތްކުރުން

   13. ޖެނެރަލް ސްޓާފް މީޓިންތައް ރޭވުމާއި، އެބައްދަލުވުންތަކާ ގުޅޭ އެންމެހާ އިންތިޒާމްތައް ބެލެހެއްޓުން

   14. އޮތޯރިޓީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވޮލޮޕްމަންޓް ކޮމިޓީގެ އިދާރީ މަސައްކަތްކުރުން

   15. އޮތޯރިޓީގެ ގްރީވަންސްކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުން

   16. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އެކުލަވާލުމާއި އެކޮމިޓީގެ އިދާރީ މަސައްކަތް ބެލެހެއްޓުން

   17. އޮތޯރިޓީއަށް ލިބޭ ރާއްޖެއާއި އަދި ރާއްޖޭންބޭރުގެ ކޯސް، ސެމިނަރ، ވާރކްޝޮޕް، ޖަލްސާގެ ދަތުރުތަކަށް މީހުން އައްޔަންކޮށް ދަތުރުތަކުގެ ކަންތައްތައް ހަމަޖެއްސުމާއި، ކަމާބެހޭ ރިކޯޑްތައް ބެލެހެއްޓުން 

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 މަޤާމަށް އެންމެ ޤާބިލު   ފަރާތެއް ހޮވުމުގައި ބެލޭނެ   ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

 -  ތަޢުލީމާއި ތަމްރީން: 40%

 -  މަސައްކަތު ތަޖުރިބާ: 12%

 -  ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2023 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
04 ސެޕްޓެންބަރު 2023
ހޯދާ