މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ މަސްޖިދުއްނަހުޟާ މިސްކިތުގެ އިންފާރު ރޭނުމާއި ގުޅޭ

 

 

މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގެ އިންފާރު ރޭނުމާއިގުޅޭ

 

            މި އިދާރާގެ ނަންބަރ: (IUL)362/362/2023/25  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ އެއިޢުލާނު ބާތިލްކޮށް، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު " މަސްޖިދުއް ނަހުޟާ " މިސްކިތުގެ ދެކުނުފަރާތު އިންފާރު ބޮޑުމިން 6’x110’ އަމިއްލަ ތަކެތީގައި ރާނާ، ސިމެންތިޖަހާ ކުލަލާ ނިންމެވުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީ ވެވޭނީ 6720602 ނަންބަރު ފޯނައްގުޅައިގެން ނުވަތަ  މިއިދާރާގެ [email protected] އަށް އީމެއިލް ކޮށްގެންނެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކުން މެއިލް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީހިސާބު ހުށަހަޅަން ރަޖިސްޓްރީ ވުމާއި އަންދާސީހިސާބު ހުށަހެޅޭނެ ސުންގަޑި ތިރީގައިމިވަނީއެވެ.

އަންދާސީހިސާބު ހުށަހަޅަން ރަޖިސްޓްރީ ވުން

އަންދާސީހިސާބު ހުށަހެޅުން

06 ސެޕްޓެމްބަރ 2023 ދުވަހު 13:00

14 ސެޕްޓެމްބަރ 2023 ދުވަހު 10:00

  

 

            މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރ ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން ބިޑް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

               މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                  18  ޞަފަރު    1445

                  03 ސެޕްޓެމްބަރ 2023

04 ސެޕްޓެންބަރު 2023
ހޯދާ