ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން

04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް، މި އޮފީހުގެ ހެޑް އޮފީސް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ އަދި 4 ވަނަ ފަންގިފިލާ ނޯތް ވިންގް) ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުން: 11 ސެޕްޓެންބަރު 2023، 10:00 އަށް
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 21 ސެޕްޓެންބަރު 2023، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީވުމަށް އީމެއިލް ކުރައްވާނަމަ: އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2023 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 10:00 ގެ ކުރިން، [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ މި އޮފީހުގެ ހެޑް އޮފީހަށް ވަޑައިގެން ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ. 

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

18 ޞަފަރު 1445

03 ސެޕްޓެންބަރު 2023
ހޯދާ