ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ މެންބަރުންނާއި ޑިޕެންޑެންޓުންގެ ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 މިކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބި/ފިރި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 12 ސެޕްޓެންބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

 

18 ޞަފަރު 1445

03 ސެޕްޓެންބަރު 2023
ހޯދާ