ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:     

މަޤާމް:

މިސްކިތު މަސައްކަތު

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ރޭންކް:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގރ.1

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ

މަޤާމުގެ މަސްއޫލިއްޔަތު:

ފުވައްމުލަކު ހޯދަޑު ކައުންސިލް އިދާރާއިން އަންގާ މިސްކިތެއްގައި މަސައްކަތު މީހެއްގެ ހައިސިއްޔަތުން މިސްކިތް ފޮޅައި ސާފުކުރުމާއި، މިސްކިތުގެ ގޯއްޗާއި ގޯތި ހިމެނޭ މަގު ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

 ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި މަޤާމަށް  ކުރިމަތިލާން  އެދޭ  ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.            

ހުށަހަޅަންޖެހޭ ލިއުންތައް: 

 

 

 

 

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ ބޮންޑެއްގައި ހުރި މުވައްޒަފަކު، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިއުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ސިވިލް ސަރވިސްއަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަޑުތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަރވިއުކުރުން:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، ޢިއުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

ނޯޓް:

 

 

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކަކީ، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުކަމުގައި ވާންވާނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860024 ނަންބަރު ފޯނަށެވެ. ނުވަތަ 6860025 ނަންބަރު ފޯނަށެވެ.

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ