އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 29 އޮގަސްޓް 2023

ނަންބަރު: IUL)486-AP/1/2023/26)

އިޢުލާނު

މި އޮފީހުން ކުރި ނަންބަރު: IUL)486-AP/486/2023/4) އިޢުލާނާއި ގުޅިގެން ސިސްޓަމް އެޑްމިނިސްޓްރޭޓަރ މަޤާމަށް ކެނޑިޑޭޓަކު ލިބިފައި ނުވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

އެގްޒެކެޓިވް އޮފިސަރ ގްރޭޑް - 3

ރޭންކް

 އޯޓީޖޭ އެސް11

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ކޯޕަރޭޓް ސާރވިސް ޑިޕާރޓްމަންޓް

މުސާރަ:

15,000/-ރ (ފަނަރަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

6000/- ރ (ހަހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ކޮމްޕިއުޓަރތައް ސެޓްއަޕްހަދާ ސާރވިސް ކުރުން
  2. އޮފީހަށް ބޭނުންވާ އެންމެހާ ޓެކްނިކަލް އަދި އައިޓީ ސަޕޯޓް ދިނުން
  3. އައިޓީ އާއި ގުޅުންހުރި ތަކެތި އޮފީހަށް ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން
  4. އޮފީހުގެ ކޮމްޕިއުޓަރތަކާއި ނެޓްވާރކްއަށް ދިމާވާ މައްސަލަތައް އަދި މިނޫންވެސް އައިސީޓީ މައްސަލަތައް ހައްލު ކުރުން
  5. އޮފީހުގެ ކޮމްޕިއުޓަރތަކަށް ބޭނުންވާ ސޮފްޓްވެއަރ އެޅުމާއި ވައިރސް ފްރީކުރުން
  6. އޮފީހަށް ބޭނުންވާ ސްޕްޓްވެއަރ ޑިވެލޮޕް ކުރަންޖެހިއްޖެ ނަމަ، އެ މަސައްކަތް ކުރުން
  7. އޮފީހަށް ބޭނުންވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ ކްލިޕް އަދި އެހެނިހެން ރިސޯސް ތައްޔާރު ކުރުމުގައި ބޭނުންވާ ޓެކްނިކަލް އެހީފޯރުކޮށްދިނުން
  8. އޮފީހަށް ބޭނުންވާ ޑޭޓާ ބޭސްތައް ޑިވެލޮޕް ކުރުން
  9. ބައްދަލުވުންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން
  10. ސޯޝަލް މީޑިއާ ޕްލެޓްފޯމު ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން އަދި ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
  1. އަދި މިނޫންވެސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާއި ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  5 ސެޕްޓެމްބަރ 2023 ގެ 14:00

 

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039900 ނަންބަރއަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   13 ޞަފަރު 1445

29 އޮގަސްޓް 2023
ހޯދާ