މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

ޕްރީސްކޫލް ޓީޗަރުން  ހޯދުމަށް:

 

މަޤާމް: ޕްރީސްކޫލް ޓީޗަރ (ވޭޖް)

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ވޭޖް (3 މަސްދުވަހަށް) (މަޤާމުގެ މަސައްކަތަށް ރަނގަޅު ނަމަ ކޮންޓްރެކްޓް އައު ކުރެވޭ ގޮތަށް)

ވަޒީފާ އޮތް އޮފީސް: ރ. އަނގޮޅިތީމް ކައުންސިލްގެ އިދާރާ  

މަސައްކަތް ކުރަންޖެހޭ ވަގުތު: ރަސްމީ ދުވަސްތަކުގައި ދުވާލަކު 06 ގަޑިއިރު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނާރސަރީ އަދި  ބޭބީ ނާރސަރީ ކްލާސް / އަނގޮޅިތީމް ކައުންސިލް                            

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ނާރސަރީ އަދި ބޭބީ ނާރސަރީ ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުން.  
  1. ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ލެސަން ޕްލޭނުތައް ހެދުމާއެކު ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުން އަދި އެކަމަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއަށް ނުވަތަ ސްޕަރވައިޒަރަށް ހުށަހަޅާއިގެން ހޯދުން.
  2. ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ ރަނގަޅު ކުރުން
  4. ކުދިން ޝަޢުޤުވެރި ވާނެ ގޮތަށް ކުލާސްތެރެ ޒީނަތްތެރިކުރުން
  5. ދުވަހުން ދުވަހަށް ކުލާސްތަކުގައި ދެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން
  6. ދަރިވަރުންނަށް ބޭނުންވާނެ އިތުރު ޚަރަކާތްތައް ކައުންސިލްގެ އެހީތެރިކަމާއެކު ރާވާ ހިންގުން.
  7. ކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
  8. ޚާއްޞަ ސަމާލުކަންދޭންޖެހޭ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަންދީ ރައްކާތެރިކަން ދިނުން
  9. ކުލާސް ރޫމުތެރެ ސާފުތާހިރުކޮށް ތަރުތީބުން ތަކެތި ބެހެއްޓުމާއި ލިޔެކިޔުން ރައްކާތެރިކަމާއެކު ގެންގުޅުން
  10. ސްކޫލު ހިންގުމުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް (ސްކޫލު ހިންގަވާ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން) ކުރުން

 މަޤާމުގެ  ޝަރުޠާއި، މުސާރަ:

މަޤާމް

މަޤާމުގެ ޝަރުޠު

މުސާރަ އާއި އިނާޔަތް

ޕްރީ ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން  ނުވަތަ

ސާނަވީ ތަޢުލީމް ފުރިހަމަ ކޮށްފައިވުން  

ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާ

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް 

އިންޓަވިއު ކުރުން:

1. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 05 ސެޕްޓެމްބަރު 2023 ށް 14 ސެޕްޓެމްބަރު 2023 ހާއި ދެމެދު ، ރ. އަނގޮޅިތީމް ކައުންސިލް އިދާރާގައެވެ.

2. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން  ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތީން ޕޮއިންޓް ލިބޭ 03 ފަރާތައް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ރާއްޖޭން ބޭރުގެ ނުވަތަ އެފިލިއޭޓެޑް ޕްރޮގްރާމެއް ނަމަ އެކްރެޑިޓް ކޮއްފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ)

3- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރަގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ކައުންސިލް އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 04 ސެޕްޓެމްބަރު 2023  ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

 

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކައުންސިލްގެ 6580071 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

                                11  ޞަފަރު  1445

                                 27  އޮގަސްޓް  2023    

 

 

 

27 އޮގަސްޓް 2023
ހޯދާ