މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ދަނޑުބިން

ސުރުޚީގައިވާ ގޭބިސީ  ދަނޑުބިން ބޭނުންވާ ފަރާތްތަކަށް ދަނޑުބިން ދޫކުރުމަށް  ފުރުޞަތު ހުޅުވާލަމެވެ. އަލަށް ދޫކުރާ ގޭބިސީ ދަނޑުބިންތަކަކީ މިހާރުވެސް ދޫކޮށް ބޭނުންކުރަމުންދާ ދަނޑުބިންތަކެވެ. މި ދަނޑުބިންތައް އަލުންދޫކޮށް އެއްބަސްވުން އައުކޮށްދޭގޮތަށް ހަމަޖެހިފައިވަނީ ދަނޑުބިމަށް އެދި ފޯމު ހުށަހަޅާ ގޭބިސީތަކަށް ދަނޑުބިމަށް ކަނޑައަޅާފައިވާ ކުލި ނަގާގޮތަށް ކަމުގައި ދަންނަވަމެވެ.  ގޭބިސީ ދަނޑުބިމުގެ ކުއްޔަކީ އަކަފޫޓަކަށް 3 ލާރި. (ތިންލާރި)އެވެ. މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ 2022 ވަނަ އަހަރުގެ 103 ވަނަ ނިންމުންނެވެ. ކުލި ނަގަންފަށާނީ 01 ޖެނުއަރީ 2024 އިން ފެށިގެންނެވެ. މިފަހަރު ދަނޑުބިންތައް ދޫކުރުމަށް ހަމަޖައްސާފައިވަނީ ފަތްކެޔޮ އިންދުމުގެ ހުއްދައާއި އެކުގައި ކަމަށްވާތީ އެކަން ދަނޑުބިން ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ.

ވީމާ، ދަނޑުބިން ބޭނުންވާ ފަރާތްތަކުން 27 އޮގަސްޓް 2023 އިން 14 ސެޕްޓެންބަރު  2023 (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދަނޑުބިމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.  ފޯމުހުށަހެޅުމަށް ހަމަޖެހިފައިވާ މުއްދަތުގައި ފޯމު ހުށަނާޅާ ގޭބިސީގެ ދަނޑުތައް ބާޠިލުވާނެކަމުގައި ދަންނަވަމެވެ. ދަނޑުބިމަށް އެދޭ ފޯމް ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.

27 އޮގަސްޓް 2023
ހޯދާ