ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

   ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ފުޓްބޯޅަ އެކަޑެމީގެ ކޯޗް ހުރުމަށް 01 އަހަރު ދުވަހަށް މަހު ކުއްޔަށް ކޮޓަރިއެއް ހިފުމަށް ބޭނުންވާތީވެ، ކޮޓަރި ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

   މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

 

ތަން

ގަޑި

ތާރީޚް

ތަފްސީލް

ދ.މީދޫ ކައުންސިލް (މުޙައްމަދު ކަލޭފާނު މާލަމް)

11:00

27 އޮގަސްޓް 2023

މަޢުލޫމާތު ސާފުކުރެއްވުމަށް

ދ.މީދޫ ކައުންސިލް (މުޙައްމަދު ކަލޭފާނު މާލަމް)

11:00

30 އޮގަސްޓް 2023

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮގަސްޓް 2023
ހޯދާ