ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ޏ. ފުވައްމުލަކުގައި ހިންގާ ޤުރުއާން މުދައްރިސް އެޑްވާންސް ކޯހުގައި "ކޮމްޕިއުޓިންގ" މި މާއްދާ ކިޔަވައި ދެއްވާނެ ރިސޯސް ލެކްޗަރަރއެއް ހޯދުމަށް ބޭނުންވެއެވެ.

ޝަރުޠު

  • އައިޓީ އިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ،
  • ކޮމްޕިއުޓަރ ކޯސްތަކުގައި ކިޔަވައި ދިނުމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާ އައިޑީކާޑުގެ ކޮޕީ ޏ. ފުވައްމުލަކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. ލެކްޗަރަރއެއް ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޏ. ފުވައްމުލަކުގައި ހިންގާ ޤުރުއާން މުދައްރިސް އެޑްވާންސް ކޯހުގައި "ކޮމްޕިއުޓިންގ" މި މާއްދާ ކިޔަވައި ދެއްވާނެ ފަރާތެއް ހޯދުމަށް 02 ފެބުރުވަރީ 2015 ގައި ކުރި ނަންބަރު: 08/2015/1/(IUL)160-A(02 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ