މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫ ލެންޑް ޔޫސް ޕްލޭން އަލުން އިސްލާހުކޮށް ފާސްކުރުމަށް ފަހު އާއްމުކުރުން

"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް، ބ.ކަމަދޫ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވިފައިވާ އިސްލާހެއް ގެނައުމަށް ފަހު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ 16 ޖުލައި 2023 ވަނަ ދުވަހު ފާސްކޮށްދެއްވާފައެވެ.

                     ވީމާ، އިސްލާހު ގެނައުމަށް ފަހު ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭންގެ ކުރެހުން މި އިޢުލާނާއި އެކު އާންމު ކޮށްފައިވާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

                                      23 އޮގަސްޓް 2023
23 އޮގަސްޓް 2023
ހޯދާ