މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމާއިގުޅޭ

                   މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމުން  ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 32 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ލޭންޑް ޔޫސް ޕުލޭންގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.

                  ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ރ.އަނގޮޅިތީމުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ފޯމު ދޫކުރުން ކުރިއަށްދާނީ 27 އޮގަސްޓް އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓް 28ން 2023 ސެޕްޓެމްބަރ 20ގެ ނިޔަލަށެވެ. (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 13:30 އަށެވެ.)

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6580071 ފޯނާއެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  1. ރ.އަނގޮޅިތީމުން  ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު
  2. ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު

                   ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

22 އޮގަސްޓް 2023
ހޯދާ