ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ނަންބަރު: 18(IUL)462/HR/1/2023/

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ (MS-3)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

މަހަކު 7,700/- ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (3,465/- ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

  1. އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓު  ޔުނިޓުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ކޮމިޝަނުގެ ލިޔެކިޔުންތައް އާކައިވްކުރެވޭނެ ނިޒާމެއް ގާއިމުކޮށް ހިންގުން.
  3. ކޮމިޝަނުގެ އެތެރެއާއި ބޭރުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
  4. ކޮމިޝަނުގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކުރުމާ ޕްލޭނަށް ގެންނަންޖެހޭ ބަދަލު ގެނައުމާ ޕްލޭނާ ގުޅިގެން އިތުރަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  5. ކޮމިޝަނުގެ މީޓިންގ ރޫމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި މީޓިންގ ރޫމަށް ބޭނުންވާ އެންމެހާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. ކޮމިޝަނުގެ އިމާރާތުގެ ރައްކާތެރިކަން ބެލެހެއްޓުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ކޮމިޝަނަށް ބޭނުންވާ ޚިދްމަތާއި ތަކެތި ހޯދުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  8. ކޮމިޝަނުން ކުރަންޖެހޭ މަރާމާތުތައް ކުރުމާއި ގުޅޭ އެންމެހާ މަސައްކަތް ކުރުވާ ބެލެހެއްޓުން.
  9. ކޮމިޝަނަށް ހޯދަންޖެހޭ ތަކެތީގެ ތެރެއިން ބިޑަށް ހުޅުވާލައިގެން ހޯދާ އެންމެހާ މުދަލާއި ޚިދްމަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  10. ބިޑް އިވެލުއޭޓް ކުރުން.
  11. ދައުލަތުގެ މާލިއްޔާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އެކުލަވާލަންޖެހޭ ބިޑް ކޮމިޓީ އެކުލަވައިލުމުގެ ކަންކަން ކުރުން
  12. ކޮންމެ އަހަރަކު އެކުލަވާލަންޖެހޭ ޕްރޮކިއުމަންޓް ޕްލޭން އެކުލަވައިލުން.
  13. ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެއްޓުމާއި ބިޑް ކޮމިޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  14. ޚިދްމަތާއި ތަކެތި ހޯދުމާއި ގުޅޭގޮތުން ތައްޔާރުކުރާ އެއްބަސްވުންތައް ތައްޔާރުކުރުން.
  15. ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ހަރުމުދަލުގެ މައުލޫމާތު ސެޕްސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  16. ކޮމިޝަނުގެ ހަރުމުދަލުގެ ތެރެއިން ހަލާކުވާ މުދަލާއި ނައްތާލާ މުދަލާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވާ ބެލެހެއްޓުން.
  17. ކޮމިޝަނުގެ އަހަރީ ރިޕޯޓް ތައްޔާރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  18. އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓު ޔުނިޓުން ތައްޔާރުކުރާ ގަވާއިދު ތަކާއި އުސޫލުތައް ތައްޔާރުކުރުން.
  19. އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  20. ކޮމިޝަނުގެ ރިސެޕްޝަންގެ ޚިދްމަތް ހިންގާ ބެލެހެއްޓުމާއި ރިސެޕްޝަންގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް
  21. ކޮމިޝަނަށް ލިބޭ ލިޔެކިޔުންތަކާއި ތަކެތި ކަމާގުޅުންހުރި ފަރާތްތަކަށް ރައްދުކުރުމުގެ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި ފޮނުވާ ލިޔެކިޔުންތަކާއި ތަކެތި ފޮނުވުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
  22. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އިތުރުމަސައްކަތްކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަގާމުގެ މަސައްކަތާގުޅޭ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  5. ސީނިއަރ އޮފިސަރ މަގާމުގައި ނުވަތަ މަގާމުގެ މަސައްކަތާގުޅޭ މިފެންވަރުގެ މަޤާމެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://v2.nic.gov.mv/downloads))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)    

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2023 އޮގަސްޓް 30 އިން ސެޕްޓެމްބަރ 14 އާއި ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގަސްޓް 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަގާމަށް މީހަކު ހޮވުމުގައި، ދައުލަތުގެ އިދާރާތަކުގައި ޕްރޮކިއުމަންޓް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ވަޒީފާއަށް ހޮވޭ ތާރީޚުން ފެށިގެން ވަޒީފާއަށް ނިކުމެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް https://v2.nic.gov.mv/downloads)) އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

 

   

04 ޞަފަރު 1445

20 އޮގަސްޓް 2023

20 އޮގަސްޓް 2023
ހޯދާ