އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް ޢާއްމު ކުރުމާގުޅޭ

                މި އިދާރާގެ ނަންބަރު:(IUL)339-ESMS/339/2022/126 (13 އޮކްޓޯބަރު (2022 އިޢުލާނާ ގުޅިގެން ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނެ ކަމަށް ކައުންސިލުން ކަނޑައަޅާފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުރުއަތުލުމާއި ގޯތި ޙަވާލުކުރުމުގެ މަސައްކަތް ނުކުރުމަށް ކަނޑައަޅަޅުއްވައި އއ.ތޮއްޑޫ މެޖިސްޓްރޭޓްކޯޓުން އެކޯޓުގެ ނަންބަރު 2023-UIC-CIV-26 ޤަޟިއްޔާގައި ނެރުއްވި ވަގުތީ އަމުރު، އެ ޤަޟިއްޔާގެ މައުޟޫޢީ ޙުކުމް މިއަދު 21 އޮގަސްޓް 2023 ގައި ކުރެއްވުމުގެ ސަބަބުން ބާޠިލުވެފައިވާތީ އާއި އެކި އިދާރާތަކުން ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް މި އިދާރާގެ ނަންބަރު:(IUL)339-ESMS/339/2023/48 (14 މެއި (2023 އިޢުލާނާއި، ގުޅިގެން ޢާއްމުކޮށްފައިވާ ދާއިމީ ލިސްޓަށް ބަދަލު އައިސްފައިވާތީ، އިދާރާގެ ނަންބަރު:(IUL)339-ESMS/339/2023/48 (14 މެއި (2023 އިޢުލާނު ބާޠިލުކޮށް، އިޞްލާޙުކުރެވިފައިވާ ދާއިމީ ލިސްޓާއި އެ ދާއިމީ ލިސްޓުގައިވާ ފަރާތްތަތަކުގެ ތެރެއިން އއ.ތޮއްޑޫ އިން ގޯތި ލިބިފައިވާ ފަރާތްތައް ކަނޑައަޅައި، އއ. ތޮއްޑޫއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު ޢާންމު ކުރީމެވެ.

އިސްވެ ދެންނެވުނު، ލިސްޓުގައިވާ ބަންޑާރަގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުން މިރޭ 21:00ގައި ތޮއްޑޫ ސްކޫލް ހޯލްގައި އޮންނާނެއެވެ.

               ވީމާ، އއ. ތޮއްޑޫއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓްގައިވާ ފަރާތްތަކުން ގުރު ނެގުމަށްޓަކައި ޙާޟިރުވުމަށް ދަންނަވަމެވެ. އަދި ޙާޟިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި ބޭފުޅެއް ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އެކު ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

21 އޮގަސްޓް 2023
ހޯދާ