އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އިމާރާތް މަރާމާތު ކުރުމާއި ގުޅޭ

މި އިޢުލާންވަނީ 04 ސެޕްޓެންބަރު 2023 12:37 ގައި ބާތިލް ކުރެވިފައެވެ.


މި ރަށުގެ ޕްރީސްކޫލް އިމާރާތުގައި، ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

            މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  24 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިގޮތުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާފުރިހަމަކުރުމަށްޓަކައި، މި ކައުންސިލްގެ އީމެއިލް އެޑްރެހަށް، މި އިޢުލާނުގެ އިޢުލާނު ނަންބަރާ ހަވާލާދީ، ކުންފުނި/ވިޔަފާރީގެ ނަމާއި، ގުޅޭނެ ފަރާތުގެ މަޢުލޫމާތާއި ގުޅޭނެ ނަންބަރު ހިމަނާ، ބިޑް ރަޖިސްޓްރީ ކުރުމަށް އީމެއިލް([email protected]) ކުރަންވާނެއެވެ. ނުވަތަ މި އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ކުރުމުން މަޢުލޫތު ޝީޓު ފޯރުކޮށްދެވޭނެއެވެ.

            ބީލަން ހުށަހަޅާނީ ބީލަން ހުޅުވާ ބައްދަލުވުމުގައެވެ. ބީލަން ހުޅުވާ ބައްދަލުވުން އޮންނާނީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައި އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުޅުވާނީ ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ. ބަދަލުގައި ފަރާތެއް ފޮނުވާނަމަ ހާޟިރުވާނީ ބީލަންވެރިޔާގެ ސިޓީއަކާއެކުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން "ޕްރީސްކޫލް އިމާރާތް މަރާމާތުކުރުން"، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

      މި ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ފޯނު ނަންބަރު (6680053) އާ ގުޅުއްވުން އެދެމެވެ.

            މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

                              ވީމާ، މިކަން އާއްމުކޮށް އެއްގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮގަސްޓް 2023
ހޯދާ