ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ ދިޔަދޮވި މަރާމާތުކޮށްދިނުމުގެ މަސައްކަތް

މި ކޯޓުން ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިކޯޓުން 2023 ޖުލައި 23 ވަނަ ދުވަހު ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2023/15 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީއާއި، ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލްކޮށް އެ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

1-     މިކޯޓު ޢިމާރާތުގެ ހުޅަނގު، އިރު އަދި ދެކުނު ފަރާތު ފުރާޅުގެ ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް

2-     ކޯޓު ޢިމާރާތުގެ ދެކުނު ފަރާތުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓު 22 ވަނަ ދުވަހުން ފެށިގެން 2023 އޮގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ސެޕްޓެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ކުންފުނި (ޕާރޓްނާޝިޕް) ތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

21 އޮގަސްޓް 2023
ހޯދާ