މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

                     މިރަށުގައި ޒުވާނުންގެ މަރުކަޒެއް ޢިމާރާތްކުރުމަށްޓަކައި ކަނޑައަޅާފައިވާ ބިން ހިމެނޭ ފުޓްބޯޅަ ދަނޑާއި އިންޖީނުގެއާއި ދެމެދު ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން (1 އިން 13 އަށް) ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ.

                  ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ހުދުކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރާއި ރުއްގަހުގެ ވެރިފަރާތާއި އަދި ބަދަލު ފައިސާ ޖަމާކުރާނެ ބޭންކް އެކައުންޓުގެ މަޢުލޫމާތު އިނގޭނެހެން 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެކަމާއި، މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މި ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

21 އޮގަސްޓް 2023
ހޯދާ