ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލި އިޚްތިސާސްގެ ތެރެއިންނާއި އަދި ރަށުގައި ހިންގާފައިވާ އެކިއެކި ޕްރޮޖެކްތަކާއި ގުޅިގެން ނަގާފައިވާ ވެއްޔާއި ގައު ދޫކުރުމާއި ވިއްކުމުގެ އުޞޫލު

 

ގއ. ވިލިނގިލި އިޚްތިސާސްގެ ތެރެއިންނާއި އަދި ރަށުގައި ހިންގާފައިވާ އެކިއެކި ޕްރޮޖެކްތަކާއި ގުޅިގެން ނަގާފައިވާ ވެއްޔާއި ގައު ދޫކުރުމާއި ވިއްކުމުގެ އުޞޫލު

 

ތަޢާރަފާއި ނަން

  1.  

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ "ގއ. ވިލިނގިލި އިޚްތިސާސްގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވާ ވެއްޔާއި ގައު އަދި އެކިއެކި ޕްރޮޖެކްތަކާއި ގުޅިގެން ނަގާފައިވާ ވެއްޔާއި ގައު ދޫކުރުމާއި ވިއްކުމުގެ އުސޫލް" އެވެ.

 

 

(ހ)

މި އުޞޫލުގެ ދަށުން ދޫކުރާ ވެއްޔާއި ގައު ތަކަކީ ގއ. ވިލިނގިލި އިޚްތިސާސްގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވާ ވެއްޔާއި ގައު، ގއ. ވިލިނގިލި ގައި މިކައުންސިލާއި އަދި ސަރުކާރުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ނެގޭ އިތުރުވާ ވެއްޔާއި ގައު ތަކަކެވެ.

 

 

(ށ)

މި އުޞޫލަށް ކިޔާނީ، "ގއ. ވިލިނގިލި އިޚްތިސާސްގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވާ ވެއްޔާއި އަދި އެކިއެކި ޕްރޮޖެކްތަކާއި ގުޅިގެން ނަގާފައިވާ ވެއްޔާއި ގައު ދޫކުރުމާއި ވިއްކުމުގެ އުސޫލް" އެވެ.

 

 

 

 

މަޤްސަދު

2.

ރަށުގެ ބިންލެވެލް އާންމުކޮށް ހުންނަ އުސްމިނަށްވުރެ އަޑިކޮށް ހުންނަ ގޯތިތަކަށް ވެލިއެޅުމަށާއި، ރަށުތެރެއާއި އަލަށް އާބާދުވާ ސަރަހައްދުތަކުން އަލަށް އިމާރާތްކުރާ ގެތަކުގައި ތަޅުން އެޅުމަށް ބޭންނުންވާ ފަސްއެޅުމަށާއި، މަގުތަކުގައި ފެންހެދޭ ތަންތަނަށް ވެލިއެޅުމަށާއި، ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށާއި އަދި ވިޔަފާރީގެ ބޭނުންތަކަށް ހެޔޮއަގެއްގައި ލުއިފައްސޭހަކަމާއިއެކު ވެއްޔާއި ގައު ލިބޭނެ އިންތިޒާމެއް ހަމަޖައްސައި އެންމެންގެ މެދުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީ އެއްއުސޫލަކުން އަމަލުކުރުމުގެ މަޤްސަދުގައި ކަނޑައެޅިފައިވާ އުސޫލެކެވެ.

 

 

 

 

ވެއްޔާއި ގައު ދޫކުރެވޭ ފަރާތްތައް

3.

މިއުސޫލުގެ ދަށުން ވެއްޔާއި ގައު ދޫކުރެވޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.

 

 

(ހ)

ގޯތީގެ ވެރިފަރާތައް (ރަޖިސްޓްރީ ކޮށްފައިވާ ގޯތިތަކަށް)

 

 

(ށ)

ސަރުކާރުގެ އިދާރާތްތައް

 

 

(ނ)

ސަރުކާރު ހިއްސާވާ ކުންފުނިތައް

 

 

(ރ)

ވިޔަފާރީގެ އުސޫލުން ވެއްޔާއި ގައު ގަންނަ ފަރާތްތައް

 

 

(ބ)

މިއުސޫލުގެ 3 ވަނަ ނަންބަރުގެ (ހ)، (ށ) އަދި (ނ) ގައި ދެންނެވިފައިވާ ފަރާތަކަށް ވެއްޔާއި ގައު ދޫކުރާނީ އެއްވެސް އަގެއް ނުނަގާތޮތަށެވެ.

 

 

(ޅ)

މިއުސޫލުގެ 3 ވަނަ ނަންބަރުގެ (ރ) ގައި ދެންނެވިފައިވާ ފަރާތަކަށް ވެއްޔާއި ގައު ދޫކުރާނީ އަގު ނަގާގޮތަށެވެ.

 

 

 

 

ވެއްޔާއި ގައު ދޫކުރާނެ ގޮތް

4

މިއުސޫލުގެ 3 ވަނަ ނަންބަރުގައި ދެންނެވިފައިވާ ފަރާތަކަށް ވެއްޔާއި ގައު ދޫކުރާނީ ގޯނި ނުވަތަ ޖަންބޯ ގޯންޏަށް އަޅައިގެން ގެންދާގޮތުގެ މަތިންނެވެ. އެގޮތުން ގޯންޏަށް އެޅޭނެ މިންވަރު ތިރީގައި ދެންނެވިފައިވާނެވެ.

 

 

(ހ)

ގޯނި (ގިނަވެގެން 50 ކިލޯ ވެއްޔާއި ގައު އެޅޭވަރުގެ ގޯނި)

 

 

(ށ)

ޖަންބޯ ގޯނި ( ގިނަވެގެން 1000 ކިލޯ ވެއްޔާއި ގައު އެޅޭވަރުގެ ޖަންބޯ)

 

 

(ނ)

މިއުސޫލުގެ 4 ނަންބަރު ގައި ދެންނެވިފައިވާ ގޮތާޚިލާފަށް ވެއްޔާއި ގައު ނުގެންދެވޭނެވެ.

 

 

 

 

ވެއްޔާއި ގައު ދޫކުރާގޮތާއި އަދި ދޫކުރެވޭ އަދަދު

5.

މިއުސޫލުގެ ދަށުން ވެއްޔާއި ގައު ދޫކުރެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.

 

 

(ހ)

މިއުސޫލުގެ 3 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ދެންނެވިފައިވާ ފަރާތްތަކަށް ވެއްޔާއި ގައު ދޫކުރެވޭނީ އެފަރާތަކުން އެދިފައިވާ މިންވަރަށްބަލައި ކައުންސިލުން ކަނޑައަޅާ ގޮތުގެމަތިންނެވެ.

 

 

(ށ)

ބިމާއި ގޯތި އަދި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަކަށް ދޫކުރެވޭނީ ގިނަވެގެން 1000 ބަސްތާ ނުވަތަ 50 ޖަންބޯގެ ވެއްޔާއި ގަލެވެ.

 

 

(ނ)

މިއުސޫލުގެ 3 ވަނަ މާއްދާގެ (ރ) ގައި ދެންނެވިފައިވާ ފަރާތްތަކުން އެދޭ އަދަދަށް ވެއްޔާއި ގައުދޫކުރެވެނެވެ.

 

 

 

 

ވެއްޔާއި ގައު ދޫކުރުމުގެ ޝަރުތު

6.

މިއުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ވެއްޔާއި ގައު ދޫކުރެވޭނީ،  ތިރީގައި މިދަންނަވާ ކަންތައްތަކަށް އަމަލުކުރުމަށް އެއްބަސްވާ ގޮތުގެމަތިންނެވެ.

 

 

(ހ)

މިއުސޫލުގެ 5 ނަންބަރުގެ (ށ) ގައި ދެންނެވިފައިވާ ފަރާތައް ދެންނެވިފައިވާ އަދަދަށް ވެއްޔާއި ގައު ދޫކުރެވޭނީ އަހަރަކު 01 (އެކެއް) ފަހަރުއެވެ. އެގޮތުން އެއަދަދު ދެފަހަރަށް ބަހައިގެން ގެންދިއުމުގެ އިޚްތިޔާރު އެފަރާތަށް ލިބިގެންވެއެވެ.

 

 

(ށ)

މިއުސޫލުގެ ދަށުން ގެންދާ ވެއްޔާއި ގައު ރަށުން (ގއ. ވިލިނގިލި) ބޭރަށް ގެންދިއުމަކީ މަނާކަމަކެވެ.

 

 

(ނ)

ވެއްޔާއި ގައު ދޫކުރެވޭނީ މިއިދާރާއިން އެކަމަށް ކަނޑައެޅިފައިވާ މުވައްޒަފުގެ ބެއްލެވުމުގެ ދަށުންނެވެ. އެގޮތުން ވެއްޔާއި ގައު ގެންދިއުމުގައި އެމުވައްޒަފު އަންގާ އެންގުންތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެވެ.

 

 

(ރ)

މިއުސޫލުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ދެންނެވިފައިވާ ފަރާތްތަކަށް ވެއްޔާއި ގައު ދޫކުރުމަށް ހަމަޖެހިފައިވާ ދުވަހަށް ވެއްޔާއި ގައު ނެގުމުގެ މަސައްކަތް ކުރަންވާނެވެ. އެގޮތުން ވެއްޔާއި ގައު ނެގުމަށް ހަމަޖެހިފައިވާ ދުވަހުން ފެށިގެން 7 ދުވަސް (ބަންދު ދުވަސްތަށް ހިމަނާގެން) ތެރޭގައި ވެއްޔާއި ގައު ނުގެންދާނަމަ ހިދުމަތަށް އެދުނު ފޯމް ބާތިލު ކުރެވޭނެނެވެ. އަދި އެފޯމުން ވެއްޔާއި ގައު ދޫނުކުރެވޭނެއެވެ.

 

 

(ބ)

މިއުސޫލުގެ ދަށުން ދޫކުރާ ވެއްޔާއި ގައު ގެންދަންވާނީ އާދައިގެ ސައިޒު ( ( 50kg ގޯންޏަށް ނުވަތަ ޖަންބޯ ގޯންޏަކަށް އަޅާގެންނެވެ. މިނޫން އެހެން ގޮތަށްކަށް ވެއްޔާއި ގައު ގެންދިއުމަކީ މަނާކަމަކެވެ.

 

 

(ޅ)

މިއުސޫލުގެ ދަށުން ދޫކުރާ ވެއްޔާއި ގައު ގޯންޏަށް އަޅަގެން ގެންގެންދިއުމަކީ ވެއްޔާއި ގައު ހޯދުމަށް އެދުނު ފަރާތުގެ ޒިންމާއެކެވެ.

 

 

 

 

އަގު ނެގުމާއި ޖޫރިމަނާ ފައިސާ ދެއްކުން

7.

މިއުސޫލުގެ 3 ނަންބަރުގެ (ރ) ގައި ދެންނެވިފައިވާ ފަރާތަށް ވެއްޔާއި ގައު ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.

 

 

(ހ)

ވެލި ނުވަތަ ގައު އަޅާފައިވާ ބަސްތާ/ގޯންޏަކަށް 5 (ފަސް) ރުފިޔާގެ ރޭޓުންނެވެ.

 

 

(ށ)

ވެލި ނުވަތަ ގައު އަޅާފައިވާ ޖަންބޯ ގޯންޏަކަށް 100 (ސަތޭކަ) ރުފިޔާ ގެ ރޭޓުންނެވެ.

 

 

(ނ)

މިއުސޫލުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ (ބަސްތާ އަގު އަދި ޖޫރިމަނާ) ދައްކާނި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް އިދާރާއަށެވެ.

 

 

 

 

ވެއްޔާއި ގައުތަކަށް އެދުމާއި ދޫކުރުން

8.

މިއުސޫލުގެ ދަށުން ވެއްޔާއި ގައުތަކަށް އެދުމާއި އަދި ވެއްޔާއި ގައުތަށް ދޫކުރަންވާނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.

 

 

(ހ)

ވެއްޔާއި ގައު ހޯދުމަށް އެދެންވާނީ އެކަމަށް އެދި ކައުންސިލް އިދާރާއިން ޚާއްސަ ކޮށްފައިވާ ފޯމުންނެވެ.

 

 

(ށ)

ފޯމް ހުށަހަޅާތާ ރަސްމީ 3 ދުވަސްތެރޭގައި ވެއްޔާއި ގައު  ބޭނުންވެގެން އެދުނު ފަރާތަށް، ވެއްޔާއި ގައު ދޫކުރެވޭނެ ތާރީޚެއް އަންގަންވާނެވެ. އަދި މިދެންނެވި ތާރީޚްގައި ވެއްޔާއި ގައު ނުގެންދާނަމަ އެފަރާތަށް ދެވަނަ ފުރުސަތެއް ދިނުމަށް އެހެން ތާރީހެއްދޭން ވާނެވެ.

 

 

(ނ)

މިއުސޫލުގެ 3 ނަންބަރުގެ (ރ) ގައި ދެންނެވިފައިވާ ފަރާތްތަކަށް ވެއްޔާއި ގައު ދޫކުރެވޭނީ އެފަރާތުން ދައްކަންޖެހޭ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ.

 

 

(ރ)

ވެއްޔާއި ގައު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކައުންސިލްގެ އިދާރާގެ ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް  ޔުނިޓުން އެކަމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ.

 

 

(ބ)

ވެއްޔާއި ގައު ދޫކުރެވޭނީ ޚިދުމަތަށް އެދި ހުށަހަޅާ ތަރުތީބުން ގިނަވެގެން ދުވާލަކަށް 5 ފަރާތަށެވެ.

 

 

(ޅ)

މިއުސޫލުގެ 3 ނަންބަރުގެ (ށ) (ނ) (ރ) ގައި ދެންނެވިފައިވާ ފަރާތްތަކަށް ވެއްޔާއި ގައު ދޫކުރާނީ އެކަމަށް ކަނޑައެޅިފައިވާ އަގު ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ހިދުމަތަށް އެދުނު ފޯމުގައި ފައިސާދެއްކިކަމުގެ ސޮއި ކުރުމަށްފަހު ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓަށް ފޯމް ހުށަހަޅަންވާނެވެ.

 

 

(ކ)

މިއުސޫލުގެ 7 ނަންބަރު ގައި ދެންނެވިފައިވާ ގޮތަށް ފައިސާ ދެއްކުމަށްފަހު، ހިދުމަތަށް އެދުނު ފޯމުގައި ފައިސާ ދެއްކިކަމުގެ ސޮއި ހޯދައި ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓަށް ފޯމް ހަވާލުކުރުމުން ވެއްޔާއި ގައު ދޫކުރަންވާނެވެ.

 

 

 

 

އުޞޫލާ ޙިލާފުވުން

9.

ވެއްޔާއި ގައު ނަގާ/ގެންދާ ފަރާތްތަށް މިއުސޫލާއެއްގޮތަށް އަމަލުކުރަންވާނެވެ. އެގޮތުން މިއުސޫލުގައި ދެންނެވިފައިވާ ކަންތައްތަކާއި ޚިލާފުވުމަކީ މަނާކަމަކެވެ.

 

 

(ހ)

ވެއްޔާއި ގައު ދޫކުރުމަށް ކައުންސިލުން ކަނޑައަޅަގައިވާ ސަރަހައްދުން (ފަސް ފުނި) މިއުސޫލުގައި ކަނޑައެޅިފައިވާގޮތާއި ޚިލާފަށް ވެއްޔާއި ގައު ނަގާ/ގެންދާ ފަރާތްތަކަށް އެކަން ނުކުރުމަށް ނަސޭހަތްދީ އެކަން ހުއްޓަވަންވާނެވެ.

 

 

(ށ)

މިއުސޫލުގެ 8 ނަންބަރުގެ (ހ) ގައި ދެންނެވިފައިވާ ގޮތަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެ ކުށް ތަކުރާރު ކޮށްފިނަމަ 500 (ފައްސަތޭކަ) ރުފިޔާ އާއި 5000 (ފަސްހާސް) ރުފިޔާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެވެ. އަދި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރަށްވެސް ޖޫރުމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބެގެންވެއެވެ.

 

 

 

 

މާނަ ކުރުން

 

(ހ)

ބަސްތާ – 50 ކިލޯ ވެލި ނުވަތަ ގައު އަޅާފައި ހުންނަ ގޯނި

 

 

(ށ)

ޖަންބޯ ގޯނި – 1000 ކިލޯ ވެލި ނުވަތަ ގައު އަޅާފައި ހުންނަ ޖަންބޯ ގޯނި

 

 

)ނ)

ރަޖިސްޓްރީ – ބިމުގެ ރަޖިސްޓްރީ، ގޯތީގެ ރަޖިސްޓްރީ، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ

 

 

 

 

ޢަމަލުކުރަން ފެށުން

10.

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

 

                        

21 އޮގަސްޓް 2023
ހޯދާ