މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޒުވާނުންގެ އެވޯޑް 2023

                                        އިޢުލާން

ޒުވާނުންގެ ދުވަސް 2023

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2023 ގައެވެ. މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 16 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު  ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. 

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

ވީމާ، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކުން، 26 ސެޕްޓެމްބަރ  2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް https://forms.gle/imQPa2qsWT4b6fmb6  މެދުވެރިކޮށެވެ. ނުވަތަ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) އަށެވެ. އަދި އެޕްލިކޭޝަން ބަލައިގަތުމަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

21 އޮގަސްޓް 2023
ހޯދާ