ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިރަށުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ދިނުމަށް ކަލެކްޓިން ޕޮއިންޓެއް ޤާއިމު ކުރުމަށްޓަކައި، ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އަދަދު

ތަފުސީލު

އައިޓަމް

1

DESKTOP COMPUTER SYSTEM

SPECIFICATION:

-  PROCESSOR i3 (2.0 GHz OR HIGHER )

-  GRAPHICS: 1GB

-  RAM: 2GB

-  HARD DISK: 500GB

-  OPTICAL DRIVE: DVD – RW

-  MOUSE: OPTICAL SCROL MOUSE

-  COMMUNICATION: 10/100/1000 NIC; 56K MODEM

-  USB PORTS: 6 x USB 2.0

-  OPERATING SYSTEM: WINDOWS XP, PROFESSIONAL SERVICE PACK 3

01

1

SCANER

SPECIFICATION:

-  STYLE; PORTABLE, FLATEBED

-  OPTICAL RESOLUTION: 1200 x 1200 DPI

-  INTERFACE TYPE: USB 2.0

02

1

FINGER PRINT CAPTURE DEVICE WITH USB CABLE.

-  ALL DEVICES TO BE QUOTED WITH SDK.

-  MUST BE COMPATIBLE WITH WINDOWS XP

-  VENDOR TO CHECK IF THE ITEM IS OBSOLETE

03

1

SIGNATURE PAD WITH USB CABLE

NOTE:

-  ALL DEVICES TO BE QUOTED WITH SDK

-  MUST BE COMPATIBLE WITH WINDOWS XP

04

1

DIGITAL CAMERA WITH POWER ADAPTER AND MEMORY CARD (2GB OR HIGHER )

-  FILE FORMAT: JPEG

-  AUTO FOCUS FEATURE

-  6-10 ( OR HIGHER ) MEGA PIXELS

-  HOT SHOE

-  PC SYNC TERMINAL (USB 2.0, WITH CABLE ); MUST BE COMPATIBLE WITH WINDOWS XP

05

1

CAMERA FALSH

NOTE:

-  DEDICATED FLASH FOR THE QUOTED CAMERA IN ITEM 5

06

1

CAMERA STAND

NOTE:

-  MUST BE COMPATIBLE WITH THE QUOTED CAMERA IN ITEM 5

-  STAND HEAD WITH METAL CAMP

07

1

UNINTTERUPTIBLE POWER SUPPLY ( UPS )

SPECIFICATION:

-  750 WATTS OR HIGHER

-  2 OR MORE PLUGS OUT

08

-  މަތީގައި ދެންނެވިފައިވާ ހުރިހާ އައިޓަމްތަކަށް އަގު ހުށަހަޅަންވާނެއެވެ.

-  މިމަސައްކަތަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ނިންމައި، ބިލް މިއިދާރާއަށް ހުށަހަޅާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައެވެ.

ހުށަހަޅަންވީ ތަކެތި:

  1. ބާރަށު ކައުންސިލް އިދާރާއަށް މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު. ސަޕްލައިކޮށްދެވޭނެ މުއްދަތު އެނގޭގޮތަށް.
  2. ތަކެތީގެ ސްޕެސިފިކޭޝަން
  3. ކުންފުނި ނުވަތަ ވިޔަފާރީގެ މަޢުލޫމާތު ( ކުންފުނި / ވިޔަފާރީގެ ޕްރޮފައިލް، ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނި / ވިޔަފާރީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯންނަންބަރު )
  4. އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތަކީ ކުންފުނި / ވިޔަފާރީގެ ފަރާތުން މުޢާމަލާތު ކުރާ ފަރާތް ނޫން އެހެން ފަރާތެއްނަމަ / ހާޒިރުވާ ފަރާތަކީ ކޮބައިކަން އަންގައިދޭ ލިޔުން، އެފަރާތެއްގެ އައިޑީކާޑުގެ ކޮޕީއާއެކު.
  5. މިފަދަ އެހެން މަސައްކަތެއް ކޮށްފައިވާނަމަ ކުރިކަން އަންގައިދޭ ލިޔުންތައް.
  6. ދައުލަތަށް ދައްކަވަންޖެހޭ ޓެކްސް ދައްކާ ޚަލާޞް ކުރެވިފައިވާ ކަމުގެ ލިޔުން.

ބަލާނެ ކަންތައްތައް

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓަރީގެ ކޮޕީ. (އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު ވިޔަފާރި ކުރުމުގެ ގަވާއިދާ ޚިލާފުވެފައިވާ ކުންފުނި / ވިޔަފާރިއެއްނަމަ އެ އަންދާސީހިސާބެއް ބާޠިލު ކުރެވޭނެއެވެ.
  2. ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ނުވަތަ 60 ދުވަސް ކަމުގައި ވާންވާނެއެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

1. އަގަށް: %90

( ހުށަހެޅޭ އެންމެ ހެޔޮއަގު ÷ ހުށަހެޅި އަގު 90x )

2. މުއްދަތު: %5

( ހުށަހެޅޭ އެންމެ ކުރުމުއްދަތު ÷ ހުށަހެޅި މުއްދަތު 5x )

3. ތަޖުރިބާ ( ފަންނީ ޤާބިލުކަން ) %5

( މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރި ކަމުގެ ލިޔުންތަކަށް ބަލާފައެވެ. )

އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައި މިދަންނަވާގޮތަށް އެޑްރެސް ކޮށްފައެވެ.

-  ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ ރައީސް

-  ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ / ހއ. ބާރަށް، ދިވެހިރާއްޖެ.

-  އިޢުލާން ނަންބަރު:

-  އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކަލެކްޓިން ޕޮއިންޓް ޤާއިމު ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ހުޅުވުން

     އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13.15 ގައި ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައި، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

     ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަކުއުގުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ބާރަށު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

     މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން 14:45 އާ ދެމެދު މިއިދާރާގެ ނަންބަރު 6500016 ފޯނަށެވެ. އަދި ފެކްސް ކުރައްވާނީ މިއިދާރާގެ ނަންބަރު 6500016 ފެކްސްއަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ