މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ނެޓްވޯކް ލައިސަންސްތައް އައު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސަރވިސްގައި ބޭނުންކުރާ ޗެކް ޕޮއިންޓް ފަޔަރވޯލް، ޗެކް ޕޮއިންޓް ހަރމަނީ އެންޓިވައިރަސް އަދި އީމެއިލް ސެކިއުރިޓީ ގޭޓްވޭ ލައިސަންސް އައު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ރޭޑިއޯ ބިލްޑިންގް، އަމީނީމަގު) ވަޑައިގެން އަންދާސީ ހުށަޅުން އެދެމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށައެޅުން

29 އޮގަސްޓް 2023

އަންގާރަ

11:30

20 އޮގަސްޓް 2023
ހޯދާ