އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. 2023 އޮގަސްޓް 24 އިން 27 އަށް، ރަސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، 28 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގެ ފަނޑިޔާރުންނާއި، އޮފިޝަލުންގެ ފަރިއްކޮޅާއި، މުބާރާތުގެ ބައިވެރިންގެ ޝަރަފުގައި މިކައުންސިލުންދިނުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ފަރިއްކޮޅު އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މަސައްކަތާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ، 2023 އޮގަސްޓް 21 ވާ، ހޯމަ ދުވަހުގެ 10:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2023 އޮގަސްޓް 22 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2023 އޮގަސްޓް 22 ވާ އަންގާރަ ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނޭ ލިޔުމަކާއެކު، ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާކްސްދޭނޭ، ގޮތުގެ ތަފްޞީލު، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައި، 10 ފެބްރުއަރީ 2021 ގައި ގެޒެޓްކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

19 އޮގަސްޓް 2023
ހޯދާ