މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން/ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭއިން ގާއިމްކުރަމުންދާ ނެޝަނަލް ޕޭމަންޓް ސިސްޓަމް އެޑްމިނިސްޓަރ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  • ޕޭމަންޓް ޕްލެޓްފޯމަށް ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން
  • ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވުން
  • އެމްއެމްއޭއިން އޮޕަރޭޓް ކުރަމުންދާ ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތުގައި އެހީތެރިވުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން/ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކް، ބޭންކިން، ބޭންކިން އެންޑް ފައިނޭންސް، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް ނުވަތަ ޑޭޓާ އެނެލިޓިކްސް މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ޕޭމަންޓްގެ ޚިދުމަތްދޭ ދާއިރާއެއްގައި ނުވަތަ ބޭންކިން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕޭމަންޓް ސިސްޓަމް މޮނިޓަރކުރުމުގެ މަސައްކަތާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް ސުޕަވައިޒްކުރުމުގެ މަސައްކަތްކުރުން
  • ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުން
  • ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

 - ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

 - ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން

 - އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން

  • މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

ބިޒްނަސް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ގަވަނަންސް، މެނޭޖްމަންޓް އެންޑް އިންޕޮރމޭޝަން ސަރވިސަސް ސެކްޝަން، ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް، ޕްރޮގްރާމިން އަދި އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ އެޕް/ސިސްޓަމްސްތައް ހުށަހެޅުން
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ، ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮން-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް  ނުވަތަ މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

   - އައިޓީ ސިސްޓަމްތަކަށާއި ސައިބަރ ސެކިއުރިޓީ ރިސްކްތައް ދެނެގަތުމަށް އަހުލުވެރިވެފައިވާ ފަރާތްތަަކަށާއި ސޮފްޓްވެއަރ/އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖްރިބާއާއި ޔޫޒަރ އިންޓަރފޭސް/ޔޫޒަރ އެކްސްޕީރިއަންސް ޑިޒައިނިން، ބެކް-އެންޑް އަދި ފްރޮންޓް-އެންޑް ޑިވެލޮޕްމަންޓާއި ޑޭޓާބޭސް ޑިޒައިން އަދި ޑިވެލޮޕްމަންޓް ދާއިރާއިން ތަޖުރިބާއާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

   - މައިކްރޯސޮފްޓް އެކްސެލް ނުވަތަ އެހެން ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ބޭންކްތައް ސްޕަވައިޒު ކުރުމާއި ރެގިއުލޭޓް ކުރުމުގެ އެންމެހާ މަސައްކަތްތަކާއި ބޭންކްތަކުގެ ސައިބަރ ސެކިއުރިޓީ ރިސްކްތައް އެސެސްކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓްއާ ގުޅުންހުރި މަސައްކަތްކުރުމާއި، ބަޖެޓާއި ގުޅިގެން ކުރަންޖެހޭ ޚަރަދުތަކުގެ މަސައްކަތް ހަމަޖެހިފައި އުސޫލްތަކުގެ ތެރެއިން ކުރުން އަދި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓަންޓް

ސެކްޝަން:

މަނިޓަރީ ޕޮލިސީ ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް، އެޕްލައިޑް އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް، ކުއަންޓިޓޭޓިވް އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އިކޮނޮމެޓްރިކް މޮޑެލިން، އެނަލިސިސް އަދި ޑޭޓާ އެނަލިސިސްގެ މައުލޫމާތާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވުން
  • ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްޗޭންޖް މާރކެޓްގެ ހާލަތާ ގުޅުން ހުރި ދިރާސާތައް ކުރުން
  • ލިކުއިޑިޓީ ފޯކާސްޓިންގެ މަސައްކަތާއި ބޭންކް ކްރެޑިޓް ސާރވޭގެ މަސައްކަތްތައް ކުރުން
  • މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް  މެނޭޖްމަންޓް ނުވަތަ އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ޕްރޮކިއުމަންޓް ނުވަތަ ޕާރޗޭސިން ދާއިރާއިން މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި އެންޓަރޕްރައިސަސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ފަދަ ސޮޕްޓްވެއަރއަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއޭއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ސަޕްލައިޔަރުންނާ މުއާމަލާތް ކުރުމާއި ޓެންޑަރ އަދި ބިޑު ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި އެފަދަ ފަރާތްތަކާއި ކޮންޓްރެކްޓް ހެދުމާއި ޕާރޗޭސް އޯޑަރުތައް ހެދުމާއި އެކަންކަމާގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން
  • ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސެކްޝަންތަކާ މުއާމަލާތްކޮށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އިނޮވޭޝަން އެންޑް އެޕްލިކޭޝަން އިންޖިނޭރިން ސަރވިސަސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭލެވެލް 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސޮފްޓްވެއަރ ޑިވެލޮޕްކުރާ ސީނިއަރ މުވައްޒަފުންނާއެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި ބައިވެރިވުން
  • ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސޮފްޓްވެއަރ ޑިޒައިންކޮށް ލިޔުމާއި ޓެސްޓްކުރުމަށް ބޭނުންވާ ކޯޑްތައް ލިޔުމުގައި އެހީތެރިވުން
  • ސޮފްޓްވެއަރ ޓެސްޓްކޮށް އިންޕްލިމެންޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި އެހީތެރިވުން
  • ސޮފްޓްވެއަރ ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި އެހީތެރިވެދިނުމާއި އެކަންކަމާގުޅޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން

މުސާރަޔާއި އިނާޔަތްތައް

11,750.00 – 14,250.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ޝަރުތު:

 

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް ބޭނުންވާ މިންވަރަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް.
  • އިމާރާތާއި އިމާރާތަށް ވަދެނުކުމެއުޅޭ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ކަނޑައެޅޭ ސެކިއުރިޓީ ޕޯސްޓްތަކުގައި ޑިއުޓީކުރުން.

މުސާރަޔާއި އިނާޔަތްތައް

  • 9,500.00 – 12,000.00 ރުފިޔާ

 

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

30 އޮގަސްޓް 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

 

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

17 އޮގަސްޓް 2023
ހޯދާ