މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
6 އެއަރކޮންޑިޝަން ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސަރވިސްއަށް 6 އެއަރކޮންޑިޝަން (މި ސަރވިސްއަށާއި، މިސަރވިސްގެ ދަށުން ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކާޑެއްދޫ މެޓްއޮފީހަށާއި، ލ. ކައްދޫ ރީޖަނަލް ވެދަރ ސަރވިސްގައި ހުންނަ ކައްދޫ މެޓްއޮފީހަށާއި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ހަނިމާދޫ މެޓްއޮފީހަށާއި، އަދި ސ.ގަން ރީޖަނަލް ވެދަރ ސަރވިސްއަށާއި އަދި ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އިންޖިނިއަރިންގ ސެކްޝަނަށް) ސަޕްލައިކޮށްދީ، އެއޮފީހަކުން ދައްކާ ތަނެއްގައި އެއަރކޮންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2015/02 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް އެކަމަށް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

އެއަރކޮންޑިޝަންގެ އަދަދާއި ތަފުސީލު:

ބޭނުންވާތަން

ބޭނުންވާ އަދަދު

ސައިޒް

ޓައިޕް

ތަފުސީލު

#

ގދ. ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

1

ލ.ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

2

ހދ. ހަނިމަދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

3

ސ.ގަން ރީޖަނަލް ވެދަރ ސަރވިސް

01

12000 BTU

ވޯލް މައުންޓ

އެއަރކޮންޑިޝަން އިންވާޓަރ

4

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް – އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

02

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

5

  • މަތީގައިވާ ގޮތަށް 06 އެއަރކޮންޑިޝަނަށް، ހަރުކުރުމުގެ އަގާއެކު އަންދާސީހިސާބު ހުށަހެޅުއްވުން.
  • އަންދާސީހިސާބު ހުށަހަޅުއްވާ އެއަރކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
  • އެއަރކޮންޑިޝަން ގެންގޮސްދިނުމުގެ ޚަރަދާއި، ހަރުކޮށްދިނުމުގެ ޚަރަދު ތިރީގައިވާ ގޮތަށް އަންދާސީހިސާބުގައި ހިމަނާފައި އޮންނަންވާނެއެވެ.
  • ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކާޑެއްދޫ މީޓއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލް މައުންޓް 01 އެއަރކޮންޑިޝަން ) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްސްގައި ހުންނަ ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް 01 އެއަރކޯން) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްސްގައި ހުންނަ ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް 01 އެއަރކޯން) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހުގައި 02 އެއަރކޮންޑިޝަން (BTU 12000 ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ އިންޖިނިއަރިން ސެކްޝަންގައި 02 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު، އެއަރކޮންޑިޝަންތަކުގެ ރޭޓް އަދި އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
  • އެއަރކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
    • ކުންފުނީގެ ޕްރޮފައިލް
    • ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
    • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
    • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ
  • ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް އިންސްޓްރޫމަންޓް މެޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

15

  1. ތަޖުރިބާ:

05

  1. ވޮރަންޓީ:

10

 

 

 

 

 

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލް (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ