މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލު އިމާރާތުގެ ބިމަށާއި އެބިމުގެ ވަށައިގެންވާ މަގާއި ގޯޅިއަށް އަރާގޮތަށް ހުރި ރުއްތަކުގެ ވެރިފަރާތްތަށް ހޯދުން

މިރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލު އިމާރާތް އެޅުމަށް ހަމަޖެހިގައިވާ ބިމަށާއި އެބިމުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތަކަށް އަރާގޮތަށްހުރި  ރުއްގަހުގެ ވެރިފަރާތްތަށް ހޯދަން ބޭނުންވެއްޖެއެވެ.

  • ނަންބަރު 1 އިން 47 އަށް  ޖަހާފައިވާ ފޯދުނު 47 ރުއް  
  • ނަންބަރު 1 އިން 5 އަށް ޖަހާފައިވާ ނުފޯދޭ 5  ބޮޑުރުއް
  • ނަންބަރު 6 އިން 7 އަށް ޖަހާފައިވާ ނުފޯދޭ 2  ކުޑަރުއް

                  ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 21 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް  މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.މިބިން އޮންނާނީ މިރަށު ރަނިކަ އަދި މަލަ ގޯއްޗާއި ދިމާލުން ހަވީރީހިނގުމުގެ އުތުރުގައެވެ.

                           މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮގަސްޓް 2023
ހޯދާ