މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމަށް ދެވިފައިވާ ސުންގަޑި ފަސްކުރުން

އިޢްލާން

                     ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބީލަންފޮތް ފޮނުވާދިނުން ލަސްވެފައިވާތީ، ބިޑް ސެކިއުރިޓީފަދަ ލިޔުންތައް ހަމަކުރެއްވުމަށްޓަކައި، ބީލަން ހުށަހަޅާ މުއްދަތު ފަސްކޮށްދިނުމަށް ބައެއް ބީލަންވެރިން އެދިލައްވައެވެ. އެހެންކަމުން މި އިދާރާގެ ނަންބަރު: (IUL)275-PM/275/2023/36 (02 އޮގަސްޓް 2023) އިޢްލާނާއި ގުޅިގެން މިރަށުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނާއި ފެންސުޖަހާ އަދި ގޯލް ފެންސު ޖެހުމަށް ބީލަން ހުށަހެޅުމަށް ދެވިފައިވާ ސުންގަޑި އާއި، ބީލަން ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ގަޑި ތިރީގައިވާ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ.

l     ބީލަން ހުށަހެޅުން:       16 އޯގަސްޓް 2023 ވާ ބުދަދުވަހުގެ 13:00

l     ބީލަން ހުޅުވުން:        16 އޯގަސްޓް 2023 ވާ ބުދަދުވަހުގެ 13:00

                  އަދި، އިސްވެ ދެންނެވުނު މަޢުލޫމާތު ވާނީ ބީލަންވެރިންނާއި ޙިއްޞާ ކުރެވިފައެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

13 އޮގަސްޓް 2023
ހޯދާ