ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނުން ހުސްވެފައިވާ، ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް

ޑިރެކްޓަރ ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން

ރޭންކް

އީ. އެކްސް. 1

ކްލެސިފިކޭޝަން

ޑިރެކްޓަރ / އެގްޒެކެޓިވް / މެނޭޖަރ

ސެކްޝަން / ޔުނިޓް

ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ

-/11,642 ރުފިޔާ

އެލަވަންސާއި އިތުރުގަޑި

- ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް: (އަސާސީ މުސާރައިގެ %65) 6،567.30 ރުފިޔާ

- ހާޒިރީ އެލަވަންސް: (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/200 ރުފިޔާ

-      އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

އަސާސީ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުމާއެކު، MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުން.

- މި ކޮމިޝަނުން ކޯޓުތަކުގައި ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރުން.

- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ތަޙުޤީޤްކުރުމަށް ކަނޑައަޅާ މައްސަލަތަކުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.

- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެކަމަކަށް ޖަވާބުދާރީވުމުގެގޮތުން ސެކްޝަންތަކުން މަޢުލޫމާތު ހޯދައި، ފުރިހަމަޔަށް ތައްޔާރުވެ، ސެކްރެޓޭރިއަޓަށް ހުށަހަޅައި، ކޮމިޝަނުގެ ލަފާގެމަތިން އެކަމާ ގުޅޭ އެންމެހައި ކަންތައްތައް ބަލަހައްޓައި، ސެކްޝަނުން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުން.

- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތައް ޗެކްކުރުމާއި، ކޮމިޝަނުން އެކިފަރާތްތަކަށްދޭ ޖަވާބުތަކާއި، ކުރާ މުޢާމަލާތުގައި، ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި، އެގޮތުގެމަތިން އެ މުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން.

- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާއި، ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައިދިނުން.

- މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ސްޓްރެޓެޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތައް ތައްޔާރުކުރުމާއި، ތަންފީޒުކުރުން.

- ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމުގެ އެންމެހައި އިންތިޒާމްތަކެއް ހަމަޖައްސައި، ކޮމިޝަނުގެ ބައްދަލުވުމުން ނިންމާ ގޮތެއްގެ މަތިން އެ ނިންމެވުންތައް ތަންފީޒުކުރުން.

- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއާއި، މައްސަލަތައް އުފެދުމަށް މެދުވެރިވި ސަބަބުތައް ފުންކޮށް ދިރާސާކޮށް، އިދާރީގޮތުންނާއި ހިންގުމުގެ ދާއިރާއިން އިޞްލާޙުކުރެވެންހުރި ކަންތައްތައް ބަލައި، ކޮމިޝަނުގެ ލަފާގެމަތިން އެކަންކަން އިޞްލާޙުކުރުމަށް ހަދަންޖެހޭ ޤާވާއިދުތަކާއި ޤާނޫނުތަކާއި ވަސީލަތްތައް ދެނެގަނެ، އަވަސް ފިޔަވަޅުއަޅައި، ކަންކަން އިޞްލާޙުކުރުމަށް މަސައްކަތްކުރުން.

- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް، ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްްކްރިޕްޓް ހިމެނޭ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު.
  3. ވަނަވަރުު  (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތާއި،  އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
  4. ވަނަވަރުގައި، ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން.
  5. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  6. ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ.
  7. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ސުންގަޑި

2015 މާރިޗު 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، މިހާރު މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިޞްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި، އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މި މަޤާމަށް އިންޓަވިޔުުކުރުމަށް  ޝޯޓްލިސްޓްކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރަށް ބަލައި، އެންމެމަތީ މާކްސް ލިބުނު ފަރާތްތަކުގެ ތެރެއިން އިންޓަވިއު ޕެނަލުން އިންޓަވިޔުކުރުމަށް ޝޯޓުލިސްޓުކުރާ އަދަދަކަށެވެ. އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ.  އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން،  މި ކޮމިޝަނުގެ ވެބްސައިޓުގައި އެކަން އާންްމުކުރެވޭނެވެ.
  4. މި ވަޒީފާއަށް ކުރިމަތިލުމަށްފަހު، ޝޯޓްލިސްޓްކުރެވި އިންޓަވިއުއަށް ހާޒިރުވުމަށް އެންގުމަށަފަހު، އިންޓަވިއުއަށް ހާޒިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރަން ގުޅާނީ 3303501 ނަންބަރު  ފޯނާއެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
 27 ރަބީޢުލްއާޚިރު 1436
 
17 ފެބުރުވަރީ 2015
ހޯދާ