މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ " މިސްކިތުގެ އިންފާރު ރޭނުމާއި ގުޅޭ

 

 

މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގެ އިންފާރު ރޭނުމާއިގުޅޭ

 

            މިރަށު " މަސްޖިދުއް ނަހުޟާ " މިސްކިތުގެ ދެކުނުފަރާތު އިންފާރު (ބޮޑުމިން 6’x100’) އަމިއްލަ ތަކެތީގައި ރާނާ، ސިމެންތިޖަހާ ކުލަލާ، ނިންމު÷މަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16  އޯގަސްޓް 2023 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  23 އޯގަސްޓް 2023 ވަނަ ދުވަހު 10:00 ގައި މިއިދާރާގައި ބާއްވާ ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވާއިރު މަޢުލޫމާތު ސާފުކުރާފަރާތާއި، އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި އަންނަ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ގެންނަވަން ވާނެއެވެ.

ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރ ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި، ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން މަޢުލޫމާތު ދިނުމާއި، ބިޑް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

             މިކަމަށްއެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތް ތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720602 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

               މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                23 މުޙައްރަމް 1445

                10  އޯގަސްޓް 2023

10 އޮގަސްޓް 2023
ހޯދާ